ދިވެހީންގެ ފަރާތުން ތުރުކީއާއި ސޫރިޔާއަށް އެއް މިލިޔަން މަސްދަޅު ހަދިޔާކުރައްވަން ރައީސް ނިންމަވައިފި

ބިންހެލުމުގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެފައިވާ ތުރުކީ އާއި ސޫރިޔާއަށް އެއް ލައްކަ މަސްދަޅު ހަދިޔާކުރައްވަން ރައީސް ނިންމަވައިފިއެވެ. މިކަމުގެ މައުލޫމާތު ހިއްސާކުރައްވަމުން ތަރުޖަމާނު މިއުވާން ވ...

10 Feb 2023 | 12:12

ބިންހެލުމުގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެފައިވާ ތުރުކީ އާއި ސޫރިޔާއަށް އެއް ލައްކަ މަސްދަޅު ހަދިޔާކުރައްވަން ރައީސް ނިންމަވައިފިއެވެ.

މިކަމުގެ މައުލޫމާތު ހިއްސާކުރައްވަމުން ތަރުޖަމާނު މިއުވާން ވިދާޅުވީ އެ ދެ ގައުމުން ކުރެ ކޮންމެ ގައުމަކަށް ފަސް ލައްކަ މަސްދަޅު ހަދިޔާ ކުރަން ރައީސް ނިންމަވާފައިވާކަމަށާއި މިއީ ދިވެހި ރައްޔިތުންގެ ނަމުގައި ދެވޭ އެހީތެރިކަމެއް ކަމަށެވެ.

ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގެ ތުރުކީއާއި ސޫރިޔާއަށް ބޮޑެތި ގެއްލުންތަކެއް ލިބި އެތައް ހާސް ބަޔަކު މަރުވެފައި ވެއެވެ.

އެގޮތުން ތުރުކީން އެކަނި 18 ހާހަށްވުރެ ގިނަ ރައްޔިތުން އަދި ސޫރިޔާއިން ތިން ހާހަށްވުރެ ގިނަ ރައްޔިތުން މި ބިންހެލުމުގައި އިމާރާތްތަކުގެ ދަށުވެ މަރުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް