ހިޔާ ކޮމިއުނިޓީތަކާއި އެޗްޑީސީ ގުޅިގެން ހިޔާ ބީޗް ސާފުކުރުމުގެ އިވެންޓެއް ބާއްވައިފި

ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ހިޔާ ކޮމިއުނިޓީ ހިމެނޭހެން މިކޯޕަރޭޝަނާއި ގުޅިގެން ހިޔާ ބީޗް އޭރިއާ އަދި ލެގޫން އޭރިއާ ސާފުކުރުުމުގެ އިވެންޓެއް ބާއްވައިފިއެވެ. މިއަދު ހެންދުނު ބޭއްވި މި އި...

10 Feb 2023 | 10:20

ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ހިޔާ ކޮމިއުނިޓީ ހިމެނޭހެން މިކޯޕަރޭޝަނާއި ގުޅިގެން ހިޔާ ބީޗް އޭރިއާ އަދި ލެގޫން އޭރިއާ ސާފުކުރުުމުގެ އިވެންޓެއް ބާއްވައިފިއެވެ.

މިއަދު ހެންދުނު ބޭއްވި މި އިވެންޓުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާތިފް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މި އަހަރުތެރޭގައި ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވައްސައް މީހުން އާބާދުވަމުން އައުމާއިއެކު މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ އަސާސީ އެންމެހާ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އެޗްޑީސީގެ ފަރާތުން ދަނީ ކުރަމުންނެވެ. އެގޮތުން މިހާރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގެ ރައްޔިތުންނަށް ބޭނުންވާނެ އަސާސީ ހިދުމަތްތަކާއި އަދި މި ނޫންވެސް އެހެނިހެން ގިނަ ހިދުމަތްތަކެއް އެޗްޑީސީން ވަނީ ފޯރުކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް