ކުޑަ ގިރީގައި 44 ސީސީޓީވީ ކެމެރާ ހުންނާނެ: އެޗްޑީސީ

ދަތުރު ދާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުޑަގިރި ޕިކްނިކް އައިލެންޑްގައި 44 ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާނެ ކަމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ....

10 Feb 2023 | 09:54

ދަތުރު ދާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުޑަގިރި ޕިކްނިކް އައިލެންޑްގައި 44 ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާނެ ކަމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ ރަށުގެ އެކި ސަރަހައްދުތަކުގައި ހަރުކުރެވިފައިވާ ކެމެރާތަކުން ސެކިއުރިޓީ ޓީމުން އަބަދުވެސް ދާނީ ރަށް ރަނގަޅަށް ބަލަހައްޓަމުން ކަމަށެވެ.

އެގޮތުން ކުޑަގިރީގެ ވަށައިގެން، ހަ ދިމާލެއްގައި ސެކިއުރިޓީ ޕޯސްޓުތަކެއް ވެސް ހުންނާނެ އެވެ. ކުޑަގިރިއަށް ދަތުރު ދާ މީހުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭނީ މި ޓީމުން ކަމަށާއި ރަށުގެ ހުރިހާ ދިމާލެއްގައި ވެސް އެ ޓީމު ފޯރިމަރާނެ ކަން އެޗްޑީސީން ވަނީ ހާމަކޮށްފަ އެވެ.

މީގެ އިތުރުން ދަތުރުދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހެދިފައިވާ ޤަވާއިދުގެ ދަށުން ކޮންމެ ކޮންމެ އެއްޗެއް އެ ރަށަކަށް ނުގެންދެވޭނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ. މީގެ ތެރޭގައި ވަޅި، ގޭސްފުޅި މަސްތުވާތަކެތި ހިމެނެއެވެ.

އެޗްޑީސީން ބުނީ މި ޤަވާއިދުގެ ދަށުން ރެންޑަމްކޮށް ދަބަސް ބަލާ ޗެކު ކުރެވޭނެ ކަމަށެވެ.

އަދި އެ ރަށައް ގޮސް ކައްކަން ބޭނުންވާ ފަރާތްތަކަށް މުވައްޒަފުންނާ ވާހަކަ ދައްކައިގެން ބޭނުންވާ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

މިހާ ބައިވަރު ކެމެރާތަކެއް ހުރުމަކީ ރައްކާތެރިކަމުގެ ފިޔަވަޅެއް ނަމަވެސް، ކެމެރާ ހުންނަ ދިމާލެއްގެ ގޮތުން ޕްރައިވެސީ ނުލިބިދާނެތީ ހިތްހަމަނުޖެހޭ ފަރާތްތަކަށް އެޗްޑީސީން ބުނީ އެންމެން ވެސް އާންމު އިޖުތިމާއީ މިންގަނޑުގައި އުޅެންވީ ކަމަށާއި ޕްރައިވެސީ ބޭނުންވާ މީހުންނަށް، ކުޑަގިރި ޕިކްނިކް އައިލެންޑް ކުއްޔަށް ނެގުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ވައުދުތަކުގެ ދަށުން ދުޅަހެޔޮ، ހިތްފަސޭހަ އަދި އިޖްތިމާޢީ ގުޅުމާއި ހަމަޖެހުން ދެމެހެއްޓުމާއި، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް ހިންގާ މަޝްރޫޢުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް