ހުޅުމާލޭގައި މަގުމަތީ ބާޒާރު ބާއްވަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ސިޓީ ކައުންސިލުން ހުޅުވާލައިފި

ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއްގައި ފެއާ އާއި ނައިޓް މާކެޓު ބާއްވަން ބޭނުންވާ ފަރާތްތަކަށް ސިޓީ ކައުންސިލުން ފުރުސަތު ހުޅުވާލައިފި އެވެ. މިކަން ހާމަކޮށް މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބ...

10 Feb 2023 | 06:51

ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއްގައި ފެއާ އާއި ނައިޓް މާކެޓު ބާއްވަން ބޭނުންވާ ފަރާތްތަކަށް ސިޓީ ކައުންސިލުން ފުރުސަތު ހުޅުވާލައިފި އެވެ.

މިކަން ހާމަކޮށް މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ނައިޓް މާކެޓް ބާއްވާނެ ގޮތުގެ އުސޫލާ އެއްގޮތަށް ފެއާ އާއި ނައިޓް މާކެޓް ހުޅުމާލޭގައި ބާއްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އަދި ނައިޓް މާކެޓް ބޭއްވުމަށް ހުއްދައަށް އެދި އެކަމަށް ހާއްސަ ފޯމު ހުށަހެޅުމަށް ސިޓީ ކައުންސިލުން އެދިފައި ވެއެވެ.

ސިޓީ ކައުންސިލުން ބުނީ ނައިޓް މާކެޓު ބާއްވަން ހުއްދައަށް އެދޭ ފަރާތުގެ ނުވަތަ އެ ވިޔަފާރިއެއްގެ ރަޖިސްޓްރީގެ މައުލޫމާތާއި، ނައިޓު މާކެޓު ބާއްވަން ބޭނުންވާ މުއްދަތާއި މާކެޓު ބާއްވަން ބޭނުންވާ ތަނުގެ މައުލޫމާތު ވެސް ސިޓީ ކައުންސިލާ ހިއްސާ ކުރަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން ބުނީ ނައިޓް މާކެޓް ބާއްވަން ހުއްދައަށް އެދި އަންނަ އާދިއްތަ ދުވަހުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހާ ހަމައަށް ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް