ނިވާކަންކުޑަ ހެދުމެއްގައި ޣައިރު މުސްލިމް ދެ އަންހެނަކަށް މަސްޖިދުއްނަބަވީއަށް ވަދެވުނީ އޮޅިގެން ކަމަށް ބުނެފި

ނިވާކަންކުޑަ ހެދުމެއްގައި ތިބި ދެ އަންހެނަކު މިދިޔަ އަންގާރަ ދުވަހު މަސްޖިދުއްނަބަވީ ގޯތިތެރޭގައި އުޅުނު މަންޒަރު ފެންނަ ވީޑިއޯއާއި ބެހޭގޮތުން ސައުދީގެ ކަމާއިބެހޭ ފަރާތްތަކުން ވާހަކަ ދައްކައިފިއެވެ. އ...

10 Feb 2023 | 04:38

ނިވާކަންކުޑަ ހެދުމެއްގައި ތިބި ދެ އަންހެނަކު މިދިޔަ އަންގާރަ ދުވަހު މަސްޖިދުއްނަބަވީ ގޯތިތެރޭގައި އުޅުނު މަންޒަރު ފެންނަ ވީޑިއޯއާއި ބެހޭގޮތުން ސައުދީގެ ކަމާއިބެހޭ ފަރާތްތަކުން ވާހަކަ ދައްކައިފިއެވެ.

އެގޮތުން ސައޫދީ އަރަބިއްޔާގެ މަސްޖިދުއް ނަބަވީގެ އޭޖެންސީ ފޯރ ދަ އެފެއާޒުން ބުނެފައިވަނީ ޢައިރު މުސްލިމު ދެ އަންހެނަކަށް މަސްޖިދުއްނަބަވީގެ ގޯތިތެރެއަށް ވަދެވުނީ އޮޅިގެން ކަމަށެވެ.

މީގެ އިތުރުން އެ ދެ އަންހެނުން ހުއްޓުވައި އެއީ އެފަދަ ހެދުމެއްގައި ވަނުން މަނާވާނެ ސަރަހައްދެއްކަން ހާމަކުރުމުން އެކަން ގަބޫލުކޮށް އެ ސަރަހައްދު ދޫކޮށް އެ ދެ އަންހެނުން ގޮސްފައިވާކަމަށްވެސް ބުނެފައިވެއެވެ.

އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި އާއްމުވި ވީޑީއޯއާއެކު އެކަމާއި ގުޅިގެން ގިނަ ބަޔަކު ދިޔައީ ސައޫދީ އަރަބިއްޔާއިން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންގެންދާ ގޮތާއިމެދު ސުވާލު އުފައްދަމުންނެވެ.

މިއާއެކު މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ކަންކަން ހަރުދަނާ ކުރާނެ ކަމަށް މަސްޖިދުއް ނަބަވީގެ އޭޖެންސީ ފޯރ ދަ އެފެއާޒުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް