ދިރާގު ޓީވީގެ ޚިދުމަތް ރަތަފަންދޫއަށް!

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ޚިދުމަތް ގދ. ރަތަފަންދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ. ގދ. ރަތަފަންދޫގައި ދިރާގު ޓީވީ ތަޢާރަފުކޮށްފައިވަނ...

10 Feb 2022 | 11:47

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ޚިދުމަތް ގދ. ރަތަފަންދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

ގދ. ރަތަފަންދޫގައި ދިރާގު ޓީވީ ތަޢާރަފުކޮށްފައިވަނީ ދިރާގު ކަސްޓަމަރުންނަށް ވަރަށް ޚާއްސަ އޮފަރތަކަކައި އެއްކޮށެވެ. އެގޮތުން ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ގެންގުޅުއްވައި ކަސްޓަމަރުން ދިރާގު ޓީވީއަށް އެޕްލައި ކުރައްވައިގެން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސްވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެއެވެ.

ދިރާގު މައި އެކައުންޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތައް އެދިވަޑައިގެންނެވޭނެއެވެ.

100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ޚިދުމަތެވެ.

އެގޮތުން ރަތަފަންދޫ ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެއެވެ. ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ސޮނީގެ ސްޕޯރޓްސް ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯރކް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ޤްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.

ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ82%  ގޭބިސީއަށް މިހާރު ދިރާގުޓީވީ ޚިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ. އޭގެ ތެރޭގައި ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް ނެތް ރަށްތަކަށް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ޚިދުމަތް ފޯރުކޮށްދިނުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

ދިރާގުން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް