މާލޭގެ ފަސް ސަރަހައްދެއްގައި ޕާކިން އިމާރާތްތައް އަޅަން މާލެ ސިޓީ ކައުންސިލުން ނިންމައިފި

ވެރިރަށް މާލޭގެ ފަސް ސަރަހައްދެއްގައި ޕާކިން އިމާރާތްތައް އަޅަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިކަން ހާމަކޮށްފައި ވަނީ މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭ...

10 Feb 2022 | 10:58

ވެރިރަށް މާލޭގެ ފަސް ސަރަހައްދެއްގައި ޕާކިން އިމާރާތްތައް އަޅަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

މުއިއްޒު ވިދާޅުވީ މާލެ ސިޓީގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައި އޮތް ގޮތުގައި، އެންމެ ސަމާލުކަމެއްދޭ އެއްކަމަކީ މަގުމަތީގައި ހުންނަ ޕާކިންއާއި ވެހިކަލްތަކާއި ޓްރެފިކާ ގުޅޭ މައްސަލަތައް ހައްލުކުރުން ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ މާލޭގައި އިއްޔެ ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ފާސްކުރީ، މާލޭގެ އެކި ސަރަހައްދުތަކުގެ ބިންތަކުގައި ޕާކިން އިމާރާތްތައް އަޅަން ޑިވޮލޮޕަރުން ހޯދުމަށް އިއުލާނު ކުރުމަށް ކަމަށެވެ.

މީގެ އިތުރުން ކައުންސިލްގެ ބަޖެޓަކުން އެކަން ނުކުރެވޭނެތީ، އެކަން ކުރުމަށް ޑިވޮލޮޕަރުން ނުވަތަ އިސްވެސްޓަރުން ހޯދައިގެން ޕަބްލިކް/ޕްރައިވެޓް ޕާޓްނާޝިޕް މޮޑެލްގެ ދަށުން އެކަން ކުރުމަށް ހުޅުވާލަން ނިންމާފައި ވާކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

މިގޮތުން އެއީ މުއްދަތެއް ނަގާނެ ކަމެއް ކަމަށާއި އިމާރާތެއް އަޅައި ބޭނުން ކުރަން ފެށޭނީ ވަގުތުތަކެއް ހޭދަވެގެންކަމުގައި ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ، އެކަން ވުމުގެ ކުރިން މާލޭގައި އޮތް ޕާކިން މައްސަލަ ދޫކޮށްލާފައި ބޭއްވުމަކީ ޒިންމާދާރު ގޮތެއް ކަމުގައި ނުދެކޭ ކަމަށާއި މިހާތަނަށް ވެސް ވަގުތީ ހައްލުތައް ހޯދައިދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް