ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ، ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގަތީ އެ ގައުމަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ.
މީގެ އިތުރުން ރައީސް އޮފީހުން ވިދާޅުވީ ރައީސް ޞާލިޙްގެ ދެކަނބަލުން މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް