އެންޑީޕީ ޗެއާޕާސަންގެ މަގާމަށް ފައްޔާޒް ވެސް ކުރިމަތިލައްވަނީ

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކުރިމަތިލައްވަން ނިންމަވައިފި އެވެ. ޗެއާޕާސަން ކަމަށް ވާދަކުރަށްވާކަން ފައްޔާޒު ރަސްމީކޮށް އަންގާފައެއް ނުވެއެވެ. ނަމަވެ...

10 Feb 2022 | 09:15

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކުރިމަތިލައްވަން ނިންމަވައިފި އެވެ.

ޗެއާޕާސަން ކަމަށް ވާދަކުރަށްވާކަން ފައްޔާޒު ރަސްމީކޮށް އަންގާފައެއް ނުވެއެވެ. ނަމަވެސް "ދުވަސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުން ފައްޔާޒު މި މަގާމަށް ކުރިމަތިލައްވައެވެ.

އެންޑީޕީގެ ޗެއާޕާސަން ކަމުގައި މިހާރު ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ދައުރު މިއަދަށް ހަމަވާނެއެވެ.

އެންޑީޕީގެ ޗެއާޕާސަންގެ މާގަމަށް ކުރިމަތިލައްވަން ރަސްމީކޮށް އަންގާފައިވަނީ އަދި އެންމެ މެންބަރެކެވެ. އެއީ އެސްޓީއޯގެ ސީއީއޯ ހުސައިން އަމްރެވެ.

ސްޕޯޓްސް މިނިސްޓާރ އަހުމަދު މަހްލޫފް ވެސް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތި ލައްވަން އުޅުއްވާކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.

2023 ގައި ޕާޓީގެ ފަރާތުން ވާދަކުރަށްވާނެ ރިޔާސީ ކެނޑިޑޭޓޭއްގެ އިތުރުން ޗެއާޕާސަންގެ އިންތިހާބުގެ މުއްދަތު ކަނޑައެޅުން ހިމެނޭ ގޮތަށް ފަސް އިންތިހާބެއްގެ ތާރީހު މިރޭ ނިންމާ ގޮތަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރެ އަށް އޮތީ ތާވަލުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް