ގަމުން ސިޒޭރިއަން ހެދި ފޮނަދޫ އަންހެނެއްގެ ހާލު ސީރިއަސްވެ މާލެއަށް

ލާމު ގަން ރީޖަނަލް ހޮސްޕިޓަލުން ސިޒޭރިއަން ހެދި އެ އަތޮޅު ފޮނަދޫ އަންހެނެއްގެ ހާލު ދެރަވެ މާލެ ގެނައުމުގެ މަަަސައްކަތް ފަށައިފިއެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން، މައުލޫމާތު އެނގޭ ފަރާތަކުން ބުނީ ސި...

10 Feb 2022 | 08:43

ލާމު ގަން ރީޖަނަލް ހޮސްޕިޓަލުން ސިޒޭރިއަން ހެދި އެ އަތޮޅު ފޮނަދޫ އަންހެނެއްގެ ހާލު ދެރަވެ މާލެ ގެނައުމުގެ މަަަސައްކަތް ފަށައިފިއެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން، މައުލޫމާތު އެނގޭ ފަރާތަކުން ބުނީ ސިޒޭރިއަން ހަދާ ނިމުނު އިރު މައްސަލައެއް އުޅޭކަން ފާހަގަނުވި ނަމަވެސް ފަހުން ހާލު ދެރަވެ ވެންޓިލޭޓަރަށް ލާން ޖެހުނީ ކަމަށެވެ. މިހާރު މާލެ ގެނައުމަށް ކައްދޫ އެއާޕޯޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި އެ ފަރާތުން ބުންެޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސިޒޭރިއަން ހެދީ ގަމު ރީޖަނަލް ހޮސްޕިޓަލުގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ޑަކުޓަރެވެ. ނަމަވެސް ފަހުން އިންޓާނަލް ބްލީޑިންއެއް އުޅޭކަމަށް އެ ޑަކުޓަރުވެސް ފާހަގަކުރެއެވެ. ނަމަވެސް ނާރުތަކެއް ބުރިވީތީ ނޫންތޯ އަދި އެއީ ސުވާލެއްގެ ތެރޭގައި ވާކަމެއް ކަމަށް ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.

ހާލު ދެރަވެގެން މި ޕޭޝަންޓަށް ވެންޓިލޭޓަރުގައިވެސް ފަރުވާ ދިނެވެ. ޕޭޝަންޓް މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު އައިޖީއެމް ހޮސްޕިޓަލަށް ފޮނުވާލަން ނިންމީ އެ ހޮސްޕިޓަލުގެ އެދުމުގެ މަތިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް