މާފުށީ ޖަލުގެ ގައިދީންގެ މެދުގައި ކޮވިޑް ފެތުރުން ހުއްޓުވިއްޖެ: ސީޕީ އަހްމަދު

މާފުށީ ޖަލުގެ ގައިދީންގެ މެދުގައި ކޯވިޑް ފެތުރުން ހުއްޓުވިއްޖެކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް ކުރެއްވި ރޭ ޓްވީޓެއްގައި ވިދާޅުވީ މާފުށީ ...

10 Feb 2022 | 07:29

މާފުށީ ޖަލުގެ ގައިދީންގެ މެދުގައި ކޯވިޑް ފެތުރުން ހުއްޓުވިއްޖެކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ކުރެއްވި ރޭ ޓްވީޓެއްގައި ވިދާޅުވީ މާފުށީ ޖަލުން 272 ގައިދީއަކަށް ބަލިޖެހުނުކަމަށާއި، އޭގެތެރެއިން ފެސިލިޓީއަށް ގެންދަންޖެހުނީ އެންމެ މީހެއްކަމަށެވެ. އެގޮތުން ބަލި ޖެހުނު އެކަކު ފިޔަވާ ދެންތިބި ހުރިހާ ގައިދީންނަށް ފަރުވާދީފައި ވަނީ މާފުށީ ޖަލުގައި ކަން ހާމަކޮށްފައި ވެއެވެ.

އަދި ޖަލުން ކޮވިޑަށް ޕޮޒިޓިވްވި ހުރިހާ ގައިދީން މިހާރު ވަނީ ބަލިން ފަސޭހަވެފައިކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން މިދިޔަ މަހުގެ 14 ވަނަ ދުވަހު މާފުށީ ޖަލު ކުއްލި ހާލަތަކަށް ގެނައުމަށްފަހު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދުން މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލުންގެ ބައްދަލުވުންތަކާއި ކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންދިޔުމަށް ނިންމީ އޮންލައިން ކޮށެވެ.

މީގެ އިތުރުން ކަރެކްޝަންސް އިން ވަނީ ކޯވިޑް ފެތުރޭތީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހައިރިސްކުގެ ބައެއް ޤައިދީން ގެއަށްވެސް ބަދަލުކޮށްފައެވެ.

މިހާރު މަފުށީ ޖަލުގެ އެލާޓު ލެވެލްވެސް ވަނީ ދަށްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް