އެސްޓީއޯ ރަމަޟާން ބާޒާރު ސޭލް ފަށައިފި

އެސްޓީއޯ ރަމަޟާން ބާޒާރު ސޭލް ފަށައިފިއެވެ. ކަސްޓަމަރުންގެ މެދުގައި އެންމެ މަގްބޫލް އެއް ސޭލް ކުރިއަށް ދާނީ މިއަދުން ފެށިގެން 30 އޭޕްރިލްގެ ނިޔަލަށެވެ. އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުގެ ...

10 Feb 2022 | 06:49

އެސްޓީއޯ ރަމަޟާން ބާޒާރު ސޭލް ފަށައިފިއެވެ.

ކަސްޓަމަރުންގެ މެދުގައި އެންމެ މަގްބޫލް އެއް ސޭލް ކުރިއަށް ދާނީ މިއަދުން ފެށިގެން 30 އޭޕްރިލްގެ ނިޔަލަށެވެ.

އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޟާން ބާޒާރުގައި ވެސް ހިތްގައިމު ޑިސްކައުންޓްތަކެއް އެކުލެވޭއިރު، މި ސޭލް ކުރިއަށް ދާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުގައެވެ.

އެހެން އަހަރު ތަކާއި ޚިލާފަށް މިއަހަރުގެ ރަމަޟާން ބާޒާރު ގައި އެސްޓީއޯއިން ބޭނުން ކުރާނީ ތިމާވެއްޓާއި ރައްޓެހި ޑިޖިޓަލް ކޫޕަންއެވެ.

މިއަހަރުގެ ސޭލްގައި ކަސްޓަމަރުންނަށް ލިބޭ ޑިސްކައުންޓާއި އޮފަރތަކުގެ ތެރޭގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓު އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގެ ހޯމްއިމްޕްރޫވްމަންޓް މުދަލުން %40 އާއި ހަމައަށް ޑިސްކައުންޓް ހިމެނެއެވެ. އަދި ކޮންމެ 1000ރ (އެއްހާސް ރުފިޔާ) ގެ ވިޔަފާރިޔަކަށް ކޫޕަނެއް ލިބޭ މި ޕްރޮމޯޝަންގައި ހުރިހާ އައުޓްލެޓްތަކުން ކޮންމެ ހަފްތާއަކު އެއް ނަސީބުވެރި ފަރާތް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ގްރޭންޑް ވިނަރއަށް މުޅި ޕްރޮމޯޝަންގެ ތެރެއިން ނަސީބު ވެރި އެއް ފަރާތަށް ޓާރކީ ދެކޮޅު ޓިކެޓް ދެމީހަކަށް ލިބުމުގެ ފުރުސަތު އޮތް އިރު، ދަތުރުގެ އެލަވެންސްގެ ގޮތުގައި 1000 ޑޮލަރު ދިނުމަށް ވެސް އެސްޓީއޯއިން ވަނީ ނިންމާފައެވެ.

މި ސޭލްގައި ލިބޭ އިތުރު އިނާމްތަކުގެ ތެރޭގައި މުޅި ޕްރޮމޯޝަންގެ ތެރެއިން ނަސީބު ވެރި 10 ފަރާތަކަށް އަގުހުރި އިނާމްތަކެއް ލިބޭނެއެވެ.

މިއަހަރުގެ ރަމަޟާން ބާޒާރުގައި އެސްޓީއޯއިން އަލަށް ޑިޖިޓަލް ކޫޕަން ތައާރަފް ކޮށްފައިވާއިރު، އެސްޓީއޯގެ އަމާޒަކީ ކުންފުނީގެ އޮޕަރޭޝަން ތަކުގައި ކަރުދާސް ބޭނުން ކުރުން ވީހާވެސް މަދުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތްގޮތަށް ކުންފުނީގެ އޮޕަރޭޝަންސް ބައްޓަން ކުރުމެވެ.

އެސްޓީއޯ ސުޕަރމާޓްގައި ރަމަޟާން ބާޒާރު ސޭލް މާރޗް މަހުގައި ފެށޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް