ކައުންސިލްގެ އިހްތިސާސަށް އަރައިގަންނަ ނަމަ ކީއްކުރަންހެދި ލާމަރުކަޒީ ގާނޫނެއެއް: ނަރީޝް

ޓަރާންސްޕޯޓް މިނިސްޓްރީގެ ހުއްދަނެތު ޕާކިން ސްލޮޓްތައް ނުވިއްކޭނެ ކަން އެންގުމުން، މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހްމަދު ނަރީޝް އެކަމަށް ފާޑު ވިދާޅުވެއްޖެއެވެ. މާލެސިޓީ ކައުންސިލުން ވަނީ މާލެ...

10 Feb 2022 | 06:44

ޓަރާންސްޕޯޓް މިނިސްޓްރީގެ ހުއްދަނެތު ޕާކިން ސްލޮޓްތައް ނުވިއްކޭނެ ކަން އެންގުމުން، މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހްމަދު ނަރީޝް އެކަމަށް ފާޑު ވިދާޅުވެއްޖެއެވެ.

މާލެސިޓީ ކައުންސިލުން ވަނީ މާލެއިން 1،000 ޕާކިން ސްލޮޓް ދިގު މުއްދަތަކަށް ވިއްކަން އިއުލާނު ކޮށްފައެވެ. ނަމަވެސް އެކަން ނުކުރެވޭނެކަމަށް ބުނެ އެލްޖީއޭ އާއި ޓްރާންސްޕޯޓް މިނިސްޓްރީން، މާލެ ސިޓީ ކައުންސިލަށް އެންގިއެވެ. މި މައްސަލަ އާއި ގުޅިގެން އެލްޖީއޭ އާއި ޓްރާންސްޕޯޓް މިނިސްޓްރީން އަދި މާލެ ސިޓީ ކައުންސިލުން ވަނީ ބޮޑަތި ދެބަސްވުން ތަކަކަށް ގޮސްފައެވެ.

އެލްޖީއޭ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ނިންމުމަށް ފާޑުވިދާޅުވެ ނަރީޝް ކުރެއްވި ޓްވީޓެއްގައި ވަނީ، މުޅި ދައުލަތް ކައުންސިލްތަކުގެ އިޙްތިސާސާއި ބާރުތަކަށް އަރަިގަންނަ ކަމަށްވާނަމަ ކީއްކުރަން ހެދި ލާމަރުކަޒީ ޤާނޫނެއްތޯ އަހާ ސުވާލު އުފައްދާފައެވެ. ހަމައެއާއެކު ކީއްކުރާ ކައުންސިލެއްކަމަށާއި، ގާނޫނު އުވާލަން ނަރިޝް ވަނީ ގޮވާލާފައެވެ.

https://twitter.com/ahmed_narysh/status/1491643931175657475

ޕާކިން ސްލޮޓް ވިއްކުން މަޑުޖައްސާލަން އެލްޖީއޭ އާއި ޓްރާންސްޕޯޓް މިނިސްޓްރީން އަންގާފައި ވަނިކޮށް މާލޭ ސިޓީ ކައުންސިލުންވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް