އެމްޑީޕީގެ ޗެއާޕާސަންކަމުގައި ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ފަސް އަހަރުގެ ދައުރު މިއަދަށް ހަމަވެއްޖެ އެވެ.
14،500 އަށް ވުރެގިނަ ވޯޓުން އޭނާ އެ މަގާމަށް އިންތިހާބުކުރެވުނީ 2017 ވަނަ އަހަރުގެ ފެބރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވުމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، އިންތިހާބު ބޭއްވުމުގެ 60 ދުވަސް ކުރިން، އެ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވައިލަން ވާނެ އެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިގެންވާ ލިސްޓެއް މަހެއް ކުރިން އިއުލާންކުރަން ޖެހެ އެވެ.
2023 ގައި ޕާޓީގެ ފަރާތުން ވާދަކުރަށްވާނެ ރިޔާސީ ކެނޑިޑޭޓޭއްގެ އިތުރުން ޗެއާޕާސަންގެ އިންތިހާބުގެ މުއްދަތު ކަނޑައެޅުން ހިމެނޭ ގޮތަށް ފަސް އިންތިހާބެއްގެ ތާރީހު މިރޭ ނިންމާ ގޮތަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރެ އަށް އޮތީ ތާވަލުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް