އަފްހާމްގެ ޖަނާޒާ މިރޭ ބާއްވަނީ

ސްރީ ލަންކާއިން ގެއްލިގެން ހޯދަމުން ދަނިކޮށް، މަރުވެފައި އޮއްވައި ފެނުނު އަފްހާމް ނަސީރުގެ ޖަނާޒާ މިރޭ ބާއްވަން ނިންމައިފިއެވެ. އަފްހާމް މަރުވެފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް މިމަ...

10 Feb 2022 | 05:38

ސްރީ ލަންކާއިން ގެއްލިގެން ހޯދަމުން ދަނިކޮށް، މަރުވެފައި އޮއްވައި ފެނުނު އަފްހާމް ނަސީރުގެ ޖަނާޒާ މިރޭ ބާއްވަން ނިންމައިފިއެވެ.

އަފްހާމް މަރުވެފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް މިމަހުގެ 5ވަނަ ދުވަހު ވެއްލަވައްތަގެ ގޮނޑުދޮށުންނެވެ.  ޢާއިލާގެ ފަރާތުން މިރޭގެ ވަގުތެއްގައި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށް މަސައްކަތްކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

ދިވެހި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ސީނިއާ އޮފިސަރަކާއި ފުލުހުންގެ އިންވެސްޓިގޭޓަރެއް އަންނަނީ ލަންކާއަށް ގޮސް މިތަހުގީގުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ލަންކާ ފުލުހުން ކުރިޔަށް ގެންދާ ތަހުގީގުގައި ދިވެހި ފުލުހުން ވެސް ބައިވެރިވާނެއެވެ.

އަފްހާމް މަރުވެފައި އޮއްވަ ފެނުނު ތަނުން ވަޅިއެއް ފެނިފައިވާއިރު އޭނާގެ ކަރުގައި ވަޅި އަޅާފައިވާ ކަމަށް ލަންކާ ފުލުހުން ބުނެފައިވެ އެވެ.

އެހެންވެ އަފްހާމްގެ ޕޯސްޓްމޯޓަމް ވަނީ ހަދާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް