އިއްޔެ އަތޮޅުތެރެއިން އެންމެ ގިނަ މީހުން ޕޮސިޓިވްވީ އައްޑޫއިން

އަތޮޅުތެރެއިން އިއްޔެ އެންމެ ގިނަ ބަޔަކަށް ކޯވިޑް ޖެހުނީ އައްޑޫ ސިޓީންނެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ ރާއްޖެއިން ކޯވިޑް ޖެހުނީ1،096 މީހުންނަށެވެ. އޭގ...

10 Feb 2022 | 05:27

އަތޮޅުތެރެއިން އިއްޔެ އެންމެ ގިނަ ބަޔަކަށް ކޯވިޑް ޖެހުނީ އައްޑޫ ސިޓީންނެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ ރާއްޖެއިން ކޯވިޑް ޖެހުނީ1،096 މީހުންނަށެވެ. އޭގެ ތެރެއިން އަތޮޅުތެރެއިން ޕޮސިޓިވްވެފައިވަނީ549 މީހުންނެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތުދޭގޮތުގައި އިއްޔެ އައްޑޫ ސިޓީން118 މީހުންނަށް ކޯވިޑް ޖެހުނު ކަމަށެވެ. އޭގެ ތެރެއިން71 މީހަކަށް ބަލި ޖެހުނީ ހިތަދޫން ކަމަށާއި މަރަދޫފޭދޫން12 މީހުންނަށް އަދި މަރަދޫން11 މީހުންނަށް އިއްޔެ ބަލި ޖެހުނު ކަމަށް މައުލޫމާތުދެ އެވެ.

ދެން ޕޮސިޓިވްވެފައިވަނީ ފޭދޫން10 މީހުންނާއި ހުޅުދޫން ފަސް މީހުންނާއި މީދޫން ނުވަ މީހުންނެވެ.

އެ ސިޓީގެ ރަށްތަކުގައި މިވަގުތު ބަލި ޖެހިފަ ތިބި734 މީހުން އެބަތިއްބެވެ. އެންމެ ގިނަ މީހުންނަށް ބަލި ޖެހިފަ ތިބީވެސް ހިތަދޫގައި އެވެ. އެ އަވަށުގައި359 އެކްޓިވް ކޭސް އެބަހުއްޓެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން ރާއްޖެއިން ކޯވިޑް ޖެހުނު އަދަދު ވަނީ154،511 ށް އަރާފަ އެވެ.

އޭގެ ތެރެއިން މަރުވެފައިވަނީ286 މީހުންނެވެ.138،117 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް