ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރަންސް ޚިދުމަތް ދެމުންގެންދާ ކުންފުނި އެލައިޑް އިންޝުއަރެންސުން މިދިޔަ އަހަރު ބަދަލުގެ ގޮތުގައި 250 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އެލައިޑުން ބުނީ، 2021 ވަނަ އަހަރު ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް އެކުންފުނިން 250،741،00އަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމުގައެވެ.
އެ ކުންފުނިން ފާހަގަކުރި ގޮތުގައި މި އަދަދަކީ ވޭތުވެދިޔަ ފަސް އަހަރާއި އަޅާ ބަލާއިރު އެންމެ ބޮޑު އަދަދެއް ބަދަލުގެ ގޮތުގައި ދޫކުރި އަހަރެވެ.
އެލައިޑް އަކީ އިންޝުއަރެންސް ދާއިރާއިން ކާމިޔާބު ހަރުފަތްތަކެއް ކަޑައްތު ކުރަމުން އަންނަ ސަރުކާރު ހިިއްސާވާ އިންޝުއަރެންސް ކުންފުންޏެކެވެ.
އެ ކުންފުނިން އަންނަނީ އަމިއްލަ ފަރުދުންގެ އިތުރުން ކުންފުނިތަކަށްވެސް އިންޝުއަރަންސް ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.
އެލައިޑުން ފޯރުވައިދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު އެ ކުންފުނީގެ ހިލޭ ގުޅޭ ނަންބަރު 1600 ލިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް