ވިޔަފާރިވެރިޔާ، ޖުމްހޫރީ ޕާޓީގެ ވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަށް 71 އަހަރު ފުރުމުގެ އުފަލުގައި އަނބިކަނބަލުން އައިޝަތު ނަހުލާ، ލޯބިން ފުރިގެންވާ މެސެޖެއް ދެއްވައިފިއެވެ.
ގާސިމް އިބްރާހިމް އުފަންވީ 10 ފެބްރުއަރީ 1951ގައެވެ. މިއަދި އެ ފުރިވަޑައިގެންނެވީ 71 އަހަރެވެ.
މި މުނާސަބަތުގައި އެމަނިކުފާނުގެ އެއް އަނބިކަނބަލުން ކަމުގައިވާ އައިޝަތު ނަހުލާ ވަނީ އެކަމަނާގެ ފޭސްބުކް ރަސްމީ ޕޭޖްގައި، ގާސިމަށް ލޯބިން ފުރިގެންވާ މެސެޖެއް ދޫކުރައްވާފައެވެ.
މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރުކަންވެސް އަދާކުރައްވަމުން ގެންދަވާ ނަހުލާގެ އެ މެސެޖުގައި ގާސިމަށް އުފަންދުވަހުގެ ތަހުނިޔާއާއެކު ވިދާޅުވެފައިވަނީ ގާސިމަކީ އެކަމަނާގެ ހަޔާތުގައި އެންމެ މުހިންމު ފަރާތް ކަަމަށެވެ. ދަރިންނަށް އެވަރުގެ ބައްޕައެއް ނުލިބޭނެ ކަމަަށެވެ.
ގާސިމް އިބްރާހިމްގެ ހަތަރު އަނބިންގެ ތެރެއިން އެންމެ ގިނައިން އާއްމުގޮތެއްގައި ގާސިމާއެކު ފެންނަ އެއް އަނބިކަނބަލަކީ އުމުރުން 39 އަހަރުގެ ނަހުލާއެވެ. ނަހުލާ ހިމެނޭހެން ގާސިމްގެ ހަތަރު އަނބިން ތިބި އިރު ފަސް ބަނޑަށް 14 ދަރިން ތިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް