އަހަރެންގެ ބޭންކް: ބީއެމްއެލްގެ ކޭޝް އޭޖެންޓުންގެ އަދަދު 200 އަށް

ބޭންކް އޮފް މޯލްޑިވްސް އިން އަތޮޅުތެރޭގައި ދެމުންދާ ފައިސާ ނެގުމުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން 200 ވަނަ ކޭޝް އެޖެންޓް ހަމަޖައްސައިފިއެވެ. ބީއެމްއެލްއިން ހާމަކުރާގޮތުގައި މި ކަން ފާހަގަކ...

10 Feb 2017 | 16:00

ބޭންކް އޮފް މޯލްޑިވްސް އިން އަތޮޅުތެރޭގައި ދެމުންދާ ފައިސާ ނެގުމުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން 200 ވަނަ ކޭޝް އެޖެންޓް ހަމަޖައްސައިފިއެވެ.

ބީއެމްއެލްއިން ހާމަކުރާގޮތުގައި މި ކަން ފާހަގަކުރުމުގެ ގޮތުން ކ ދިއްފުށީގައި މިއަދު ކުޑަ ހަފްލާއެއް ވަނީ ބާއްވާފައެވެ. އަދި މިރަސްމިއްޔާތުގައި 200 ވަނަ ކޭޝް އެޖެންޓަށް ހަމަޖެހުނު ފަރާތަށް ރަމްޒީ ޓޯކަން އެއް ހަވާލުކުރެވުނެވެ.

"ފައިސާ ނެގުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބީއެމްލްގެ ކޭޝް އެޖެންޓުން ހަމަޖައްސަނީ ބޭންކްގެ ބްރާންޗެއް ނުވަތަ އޭޓީއެމް ނުހުންނަ ރަށްތަކުގައި ރީޓެއިލް ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން، ބީއެމްއެލްގެ ކަސްޓަމަރުން ފަސޭހަކަމާއެކު ޑެބިޓް ކާޑު ބޭނުންކޮށްގެން ކޭޝް އެޖެންޓް ފިހާރަތަކުގައި ހުންނަ ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާނެގޭނެ، ބޭންކް ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނުހުންނަ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭޝް އެޖެންޓުން ހަމަޖެއްސުމުގެ މަސައްކަތް 2015 ވަނަ އަހަރު ބީއެމްއެލް އިން ވަނީ ކާމިޔާބު ކަމާއެކީ ނިންމާލާފައި" ބީއެމްއެލްއިން ހާމަކުރެ އެވެ.

ދިއްފުށީގައި މިއަދު އޮތް ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލް ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރުއްދީން ވިދާޅުވީ  ބޭންކް އޮފް މޯލްޑިވްސްގެ ކޭޝް އެޖެންޓުންގެ ނެޓްވޯކާ ގުޅޭ 200 ވަނަ އެޖެންޓަށް މަރުހަބާ ކިޔުމަށް ދިއްފުށްޓަށް އާދެވުމަކީ ލިބޭ ވަރަށް ޚާއްސަ އުފަލެއް ކަމަށާއި މި މުހިންމު ޚިދުމަތުގެ ސަބަބުން ރައްޔިތުންނަށް އިތުރު އުނދަގުލެއް ނެތި ނުވަތަ ބޭންކުގެ ބްރާންޗެއް ހުންނަ ރަށަކަށް ނުގޮސް، ފަސޭހަކަމާއެކު ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގޭނެ ކަމަށެވެ.

ބީއެމްއެލްއިން ހާމަކުރާގޮތުގައި މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 200 ކޭޝް އޭޖެންޓުން، 20 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5  ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް