ލާމު ލިންކް ރޯޑްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ މާންދޫ ތެރެއިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ގާތަކެއްގައި ޖެހިގެންނެވެ. ސައިކަލު ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުގައި ހުރި ހޮޅި ދަނޑިއެއްގައި ޖެހި ހޮޅި ދަނޑިވެސް ވަނީ ވެއްޓިފައި އެވެ.
މަރުވެފައިވަނީ ސައިކަލް ދުއްވަން އިން އުމުރުން 27 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ވަނީ އެ ސަރަހައްދުގައި އެކްސިޑެއްޓެއް ހިނގައި މީހަކު މަރުވިކަން ދުވަހަށް ކަށަވަރުކޮށްދީފައި އެވެ.
ގަން ރީޖަނަލް ހޮސްޕިޓަލުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ. އެކްސިޑެންޓު ހިނގި އެ ސަރަހައްދުގައި ހުރި މީހަކު ދުވަހަށް މައުލޫމާތު ދެމުން ބުނީ އެ ހާދިސާ ހިނގީ މާންދޫ ބެންޑު ކައިރިން ކޮންޓްރޯލް ނުވެ ގޮސް ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މިދިޔަ ހަފްތާގައި އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައިވެސް ވަނީ މީހަކު މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް