ފުވައްމުލަކު ކުޅިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ސިފައިން ހަރަކާތްތެރިވަނީ

ފުވައްމުލަކު ސިޓީގެ ކުޅިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން އެ އަލިފާން ނިއްވުމަށް ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ. އެމްއެންޑީއެފުން ބުނެފައިވަނީ ދަނޑިމަގު ކުޅި ސަރަހައްދުގައި އަލިފާނުގެ ...

10 Feb 2017 | 09:54

ފުވައްމުލަކު ސިޓީގެ ކުޅިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން އެ އަލިފާން ނިއްވުމަށް ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ދަނޑިމަގު ކުޅި ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ފުވައްމުލަކު ފަޔަރމަނުން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

"މިހާދިސާގެ މަޢުލޫމާތު މިއަދު 11:45 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބުމާ ގުޅިގެން، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގައި ތިބި އެމްއެންޑީއެފްގެ ފަޔަރމަނުން ވަނީ އެސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. އަދި ފަޔަރމަނުން ކުރި މަސައްކަތުން، އަލިފާންގަނޑު އާންމުން ދިރިއުޅޭ ސަރަޙައްދަށް އިތުރަށް ނުފެތުރޭނެ ގޮތަށް ވަނީ ކޮންޓްރޯލްކޮށްފައި، ފަޔަރމަނުން ދަނީ މިހާރު އެސަރަޙައްދުގައި ރޯވެފައިވާ އަލިފާންގަނޑު އެއްކޮށް ނިއްވާލުމުގެ މަސައްކަތް ކުރަމުން" އެމްއެންޑީއެފުން ބުނެފައި ވެ އެވެ.

އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މަޢުލޫމާތު ލިބިފައެއް ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް