އިބްތިހާލްގެ މައްސަލަ ކޮމިޓީގައި ކުރިޔަށް ނުގެންދެވެނީ ޕީޕީއެމްގެ ސަބަބުން: ރޮޒައިނާ

ވ. ރަކީދޫގައި މަރާލާފައި އޮއްވާ ފެނުނު މުހައްމަދު އިބްތިހާލުގެ މައްސަަލައިގައި  ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާކޮމިޓީގެ ބައްދަލުވުން ނުބޭއްވުމަށް ޕީޕީއެމުން ދައްކަމުންދާ އުޒުރުތަކަކީ...

10 Feb 2015 | 11:58

ވ. ރަކީދޫގައި މަރާލާފައި އޮއްވާ ފެނުނު މުހައްމަދު އިބްތިހާލުގެ މައްސަަލައިގައި  ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާކޮމިޓީގެ ބައްދަލުވުން ނުބޭއްވުމަށް ޕީޕީއެމުން ދައްކަމުންދާ އުޒުރުތަކަކީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒައިނާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. ރޮޒައިނާގެ ޓްވީޓްގައި ވިފާޅުވެފައިވަނީ މަޖިލިސް މެޖޯރިޓީ ޕީޕީއެމްއަށް އޮތްއިރު އޭގެ ތެރެއިން އެންމެ ހަތް މެމްބަރުންވެސް މާލޭގައި ނެތީތޯ ސުވާލު ކުރައްވާފައިވެ އެވެ.

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ ކޮމިޓީގައި ތިބޭ މެމްބަރުން ބޭނުންއިރަކު ބައްދަލުކުރެވޭ ކަމަށާއި މާލޭގައި ތިބި މެންބަރުން ކޮމިޓީއަށް ހަމަޖައްސައިގެން ނަމަވެސް ބޭނުންވާނަމަ ކޮމިޓީ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ އިބްތިހާލުގެ މައްސަލާގައި އިހުމާލުވީ ޕީޕީއެމުން ކަމަށާއި މަޖިލީހުން އެ މައްސަލަ ބެލުމުގައި ހުރަހަކަށް ވަނީ ޕީޕީއެމްގެ މެމްބަރުން ކަމަށެވެ.

އިބްތިހާލްގެ މަރުގެ މައްސަަލަ ކޮމިޓީއަށް ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހުގެ އިތުރުން ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު އެވެ. އިބްތިހާލުގެ މަރުގެ މައްސަލާގައި މިމަހުގެ އެއްވަނަ ދުވަހު ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަފަ އެވެ.

އިބްތިހާލް މަރުވީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.

https://twitter.com/Roxeyna/status/565068674294239234

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް