ނަޒާހާތަތެރިކަމުގެ ގައުމީ އިނާމަށް ނޮމިނޭޓްވި ފަރާތްތައް އާއްމުކޮށްފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބުނީ ދައުލަތުގެ މުއައްސަސާތަކުގެ ކެޓަގަރީން އެ އިނާމަށް ނޮމިނޭޓް ވެފައިވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އާއި އޮޑިޓާ ޖެނެރަލްގެ އޮފީހެވެ. އަދި ޖަމިއްޔާތަކުގެ ކެޓަގަރީން ނޮމިނޭޓް ވެފައިވަނީ ޓްރާންސްޕޭރަންސީ މޯލްޑިވްސް އެވެ.
ވަކިވަކި ފަރުދުންގެ ބައިން ނޮމިނޭޓް ވުމަށް ބޭނުންވާ މިންވަރަށް މާކްސް ލިބިފައި ނުވާތީ އެ ކެޓަގަރީން މި ފަހަރު އިނާމު ދިނުމަށް ހަމަޖެހިފައެއް ނުވެ އެވެ.
ައޭސީސީން ބުނީ އިނާމަށް ނޮމިނޭޓް ވެފައިވާ ފަރާތްތަކާ ގުޅޭގޮތުން އާއްމުންގެ ހިޔާލު ހޯދުމަށް މިމަހުގެ 26 ގެ ނިޔަލަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެ ގޮތުން އެ ފަރާތްތަކާ މެދު ކޮމެންޓް ކުރުމަށް ނުވަތަ ހިޔާލެއް ދިނުމަށް އެ ކޮމިޝަނަށް ލިޔުމަކުން ނުވަތަ އީމެއިލް ކުރުމަށް އޭސީސީން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް