ކަރަންޓް ސަބްސިޑީ އަށް އަލުން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

ކަރަންޓް ސަބްސިޑީ އަށް އަލުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ. އަލުން ކަރަންޓް ސަބްސިޑީއަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެންސްޕާއިން ވަނީ ފުޑް ސަބްސިޑީއަށް ރަ...

10 Feb 2015 | 09:13

ކަރަންޓް ސަބްސިޑީ އަށް އަލުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އަލުން ކަރަންޓް ސަބްސިޑީއަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެންސްޕާއިން ވަނީ ފުޑް ސަބްސިޑީއަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި އެވެ.

މިހާރު ކަރަންޓް ސަބްސިޑީ ލިބޭ ގޭބިސީތަކުން ވެސް އަލުން ރަޖިސްޓްރީ ކުރަންޖެހޭ ގޮތަށް އެންސްޕާ އިން ފުރުސަތު ހުޅުވާލާފައި ވަނީ އޭޕްރީލް ނުވައެއްގެ ނިޔަލަށެވެ. އެ މުއްދަތުގައި ރަޖިސްޓްރީނުކުރާ ފަރާތްތަކަށް ސަބްސިޑީ ހުއްޓޭނެ ކަމަށް އެންސްޕާ އިން ވަނީ ބުނެފަ އެވެ.

ކަރަންޓް ސަބްސިޑީ އަށް އަލުން ރަޖިސްޓްރީ ކުރަން ހުޅުވާލަނީ ހައްގުވެރިންނަށް ސަބްސިޑީ ދިނުމުގެ އިތުރުން، މިހާރު ރަޖިސްޓްރީނުކޮށް ތިބި ފަރާތްތަކަށް ފުރުސަތު ދިނުމަށް ކަމަށް އެންސްޕާ އިން ބުންޏެވެ. މިހށރުވެސް މާލެ ސަރަހައްދުން 84 އިންސައްތަ ގޭބިސީއަށް ސަބްސިޑީ ލިބެ އެވެ.

ފެނަކަ ކޯޕަރޭޝަނުން ކަރަންޓްގެ ހިދުމަތް ދޭ ރަށްރަށުގެ ތެރެއިން ސަބްސިޑީ ލިބޭ 11 ޕަސެންޓް މީޓަރަކީ ވިޔަފާރި އަށް ރަޖިސްޓްރީ ކޮށްފައިވާ މީޓަރު ކަމަށާއި އެއީ ސަބްސިޑީ ހައްގުވާ ފަރާތްތަކެއް ނޫން ކަމަށް ވެސް އެންސްޕާ އިން މީގެ ކުރިން ބުނެފައި ވެ އެވެ. ސަބްސިޑީގެ ގޮތުގައި ދެނީ ކޮންމެ ބިލަކުން ވެސް ފިއުލް ސާޗާޖަށް އަރާ މިންވަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް