ފަރުވާއަށް ދިއުމަށް ހުކުމް ކޮށްފައިވާ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

ފަރުވާއަށް ދިއުމަށް ޑްރަގް ކޯޓުން ހުކުމް ކޮށްފައިވާ މީހަކު މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ 24 އަހަރުގެ އެމީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ބަނގުރާފުޅިއަކާއި މަ...

10 Feb 2015 | 08:30

ފަރުވާއަށް ދިއުމަށް ޑްރަގް ކޯޓުން ހުކުމް ކޮށްފައިވާ މީހަކު މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ 24 އަހަރުގެ އެމީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ބަނގުރާފުޅިއަކާއި މަސްތުވާތަކެތި އަޅާފައި ހުރި ހަތް ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.

އޭނާއަކީ ފަރުވާ ހޯދުމަށް މިމަހުގެ 19 ވަނަ ދުވަހު ކަމާބެހޭ އިދާރާއަށް ހާޒިރު ވުމަށް މިމަހުގެ ފަސްވަނަ ދުވަހު ޑްރަގް ކޯޓުން ހުކުމް ކޮށްފައިވާ މީހެކެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާއަކީ 17 ފަހަރު ހުއްޓުވާ ސުވާލުކޮށް އަށް ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަތަރު ފަހަރު ހައްޔަރު ކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާއަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް