އަލީ އުމަރުގެ ފޭސްބުކް ޕޭޖް ވެރިފައި ކޮށްފި

ރާއްޖޭގެ ކުރީގެ މައްޝޫރު ފުޓުބޯޅަ ތަރި އަލީ އުމަރުގެ ފޭސްބުކް ޕޭޖް ވެރިފައި ކޮށްފިއެވެ. ވޭތުވެދިޔަ ޖެނުއަރީގައި ފުޓުބޯޅަ ކުޅުން ހުއްޓާލިކަން ކުރީގެ ގައުމީ ފޯވަރޑް އިއުލާންކޮށްފައިވާއިރު އަލީ އުމަރުވަނ...

10 Feb 2015 | 06:20

ރާއްޖޭގެ ކުރީގެ މައްޝޫރު ފުޓުބޯޅަ ތަރި އަލީ އުމަރުގެ ފޭސްބުކް ޕޭޖް ވެރިފައި ކޮށްފިއެވެ.

ވޭތުވެދިޔަ ޖެނުއަރީގައި ފުޓުބޯޅަ ކުޅުން ހުއްޓާލިކަން ކުރީގެ ގައުމީ ފޯވަރޑް އިއުލާންކޮށްފައިވާއިރު އަލީ އުމަރުވަނީ ދިވެހި ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ.

އެގޮތުން 2006 ވަނަ އަހަރު ހަވީރު އަދި އެފްއޭއެމްއިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން އަލީ އުމަރުވެފައިވަނީ 2000 ވަނަ އަހަރުގެ ހަވީރު ރަންބޫޓުވެސް ހާސިލްކޮށްފައެވެ. އަދި 2008 ވަނަ އަހަރުގެ ސާފްޗެމްޕިއަންޝިޕް އުފުލާލި ޓީމުގައިވެސް އަލީ އުމަރުވަނީ ހިމެނިފައެވެ.

ފޭސްބުކުން ޕޭޖުތަށް ވެރިފައި ކުރަނީ މައިގަނޑުގޮތެއްގައި އެ ޝަހުސިއްޔަތެއްގެ ފޭސްބުކް ފޭންސްއަށް ޔަގީންކަން ދިނުމަށެވެ. އަދި ކުރާ ޕޯސްޓުތަކުގެ ސައްހަކަން ހިފެހެއްޓުމުގެ ގޮތުންނެވެ.

އަލީ އުމަރު ފުޓުބޯޅަ ކުޅުމާއި ދުރަށްޖެހިލިކަމަށްވިޔަސް ފުޓުބޯޅައި ދަނީ އަދިވެސް ހިދުމަށް ކުރަމުންނެވެ. އެގޮތުން އަލީ އުމަރަކީ ފީފާއިން ހޮވާފައިވާ އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް