ޕީޕީއެމުން ވަކިވެއްޖައިން،ގައުމު އަމާން ގައުމަކަށް ހެދުމަށް އަބަދުވެސް މަސައްކަތް ކުރާނަން: ނާޒިމް

ވެރިކަންކުރާ ޕާޓީ، ޕީޕީއެމުން ވަކިވެފައިވާކަމަށާއި ދިވެހި ރާއްޖެއަކީ ރައްކާތެރި ގައުމަކަށް ހެދުމަށް އަބަދުވެސް މަސައްކަތްކުރައްވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ...

10 Feb 2015 | 01:46

ވެރިކަންކުރާ ޕާޓީ، ޕީޕީއެމުން ވަކިވެފައިވާކަމަށާއި ދިވެހި ރާއްޖެއަކީ ރައްކާތެރި ގައުމަކަށް ހެދުމަށް އަބަދުވެސް މަސައްކަތްކުރައްވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ ޕީޕީއެމުން ވަކިވިކަން އިއުލާނުކޮށް ރޭ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި ނާޒިމް ވިދާޅުވެފައިވަނީ ވެރިކަންކުރާ ޕާޓީ، ޕީޕީއެމުން ވަކިވިކަން ހެޔޮއެދޭ ފަރާތްތަކަށް އަންގާ ކަމަށާއި އެހެން ނަމަވެސް ރާއްޖެއަކީ ރައްކާތެރި އަދި ރަނގަޅު ގައުމަކަށް ހެދުމުގައި ދެމި ހުންނާނެ ކަމަށެވެ.

ނާޒިމް ދިރިއުޅުއްވާ ގެއިން ހަތިޔާރު ފެނުނު މައްސަލައިގާ ރޭގެ ވަގުތެއްގައި ނާޒިމް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ފުލުހުން ބުނެފައިވަނީ ނާޒިމު ދިރިއުޅުއްވާ އެޕާޓްމެންޓް ފާސްކުރި އިރު ފެނިފައިވަނީ ނުވައެއް އެމްއެމްގެ ފިސްތޯލައަކާއި މެގަޒިނަކާއި ތިން ވަޒަންގެ އިތުރުން އިމްޕްރޮވައިޒްޑް އެކްޕްލޯސިވް ޑިވައިސް (އައިއީޑީއެއް) ކަމަށެވެ.

ނާޒިމް ދިރިއުޅުއްވާ ގެ ފުލުހުން ބަލާ ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. ޑިފެންސް މިނިސްޓަރުކަމުގެ މަގާމުން ނާޒިމް ވަކި ކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. ފުލުހުން އެ މައްސަލަ ބަލާ ނިންމުމަށްފަހު ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް