ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަށްމުހައްމަދު ނާޒިމްގެ އެޕާޓްމަންޓުން ހަތިޔާރު ފެނުނު މައްސަލާގައި އޭނާ ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައިވަނީ ނާޒިމް ދިރިއުޅުއްވާ، އޭނާގެ އަނބިކަނބަލުންގެ ގޭގައި އިންނަވަނިކޮށް ކޯޓު އަމުރެއްގެ ދަށުންނެވެ. ހައްޔަރުކޮށްގެން ގެންދިޔައިރު، އެ ގޭގައި ނާޒިމްގެ ވަކީލު މައުމޫން ހަމީދާއި ލީގަލް ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ތިއްބެވި އެވެ.
ނާޒިމް ހައްޔަރުކުރިއިރު އޭނާގެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރަން އިއްޔެ ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ދަންވަރު ނާޒިމްގެ ކޮޓަރި ފާސްކުރިއިރު ފެނިފައިވަނީ ނުވައެއް އެމްއެމްގެ ފިސްތޯލައަކާއި މެގަޒިނަކާއި ތިން ވަޒަންގެ އިތުރުން އިމްޕްރޮވައިޒްޑް އެކްޕްލޯސިވް ޑިވައިސް (އައިއީޑީއެއް) ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު މައްސަލާގައި އޭނާ ޑިފެންސް މިނިސްޓަރު ކަމުން ވަކިކުރެއްވީ މިދިޔަ މަހުގެ 20ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް