ސަފާރީން ވެއްޓި ގެއްލުނު މީހާގެ ހަށިގަނޑު ފެނިއްޖެ

ނޯތު07 ސަފާރީން މޫދަށް ވެއްޓި ގެއްލުނު މީހާގެ ހަށިގަނޑު ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ ގެއްލުނު މީހާގެ ހަށިގަނޑު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް،ކޯސްޓްގާޑް ސެކ...

10 Jan 2025 | 11:45

ނޯތު07 ސަފާރީން މޫދަށް ވެއްޓި ގެއްލުނު މީހާގެ ހަށިގަނޑު ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ގެއްލުނު މީހާގެ ހަށިގަނޑު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް،ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ކަނޑުގެ69 މީޓަރު އަޑިން ފެނިފައިވާ ހޯދާފައިވާ ކަމަށެވެ. އަދި ޑައިވަރުންގެ ޓީމުން އެ މީހާގެ ހަށިގަނޑު15:35 ހާއިރު ލޯންޗަށް ނަގާފައިވާ ކަމަށެވެ.

ސަފާރީން ވެއްޓިގެން ހޯދަމުން ދިޔައީ ނ ހޮޅުދޫ/ ސީވީޑް، އަލީ އަރުޝަދު (35އ) އެވެ.

ފުލުހުން މިއަދު ބުނީ ސަފާރީގެ ސީސީޓީވީ ފުޓޭޖު ބެލިއިރު، ރޭގެ ވަގުތެއްގައި ސަފާރީގެ ޑެކް މަތީގައި ހުއްޓާ އަރުޝަދު ވެއްޓި ޑެކްގެ އަރިމަތީގައި ޖެހި މޫދަށް ވެއްޓުނު މަންޒަރު ފެންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް