ސައުތް ކޭޓަރިންގެ މުވައްޒަފުންގެ މުސާރަ ނުދޭތާ ހަމަސް ދުވަސް- މުވައްޒަފުން މުޒާހަރާއަށް ނިކުތުމުން ފުލުހުން މައްސަލަ ބަލަން ފަށައިފި

ސައުތު ކޭޓަރިންގެ މުވައްޒަފުންނަށް މުސާރަ ނުދީ ގިނަ ދުވަސްތަކެއް ވެފައިވާތީ، މިއަދު އަލިކަލޭގެފާނު މަގުގައި މުވައްޒަފުން ވަނީ މުޒާހަރާ ކޮށްފައެވެ. މި މައްސަލަ މިހާރު ދިވެހި ފުލުހުން ބަލަން ފަށާފައިވާ ...

10 Jan 2025 | 10:21

ސައުތު ކޭޓަރިންގެ މުވައްޒަފުންނަށް މުސާރަ ނުދީ ގިނަ ދުވަސްތަކެއް ވެފައިވާތީ، މިއަދު އަލިކަލޭގެފާނު މަގުގައި މުވައްޒަފުން ވަނީ މުޒާހަރާ ކޮށްފައެވެ.

މި މައްސަލަ މިހާރު ދިވެހި ފުލުހުން ބަލަން ފަށާފައިވާ ކަމަށް ފުލ؛ުހުން ބުނެފިއެވެ.

ފުލުހުން ބުނީ ، ސައުތް ކޭޓަރިންގެ މުވައްޒަފުން ތަކަކަށް މުސާރަ ގަވައިދުން ނުދޭ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، އެ މައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން ދާ ކަމަށެވެ. މުވައްޒަފުންނަށް މުސާރަ ނުދީ ހިފަހައްޓާފައިވަނީ ކިހާ ދުވަހެއްގައި ކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެހެން ނަމަވެސް މިއަދު ސޯސަލް މީޑިއާގައި އާއްމުވި ޕޯސްޓުތަކުގައިވާ ގޮތުގައި ވަނީ، މުވައްޒަފުންނަށް މުސާރަ ނުދޭތާ ވަނީ ހަމަސް ދުވަސް ވެފައި ވާ ކަމަށް ބުނެފައެވެ. އަދި އެކަމަާއި ގުޅިގެން މިއަދު މުވައްޒަފުން  މުޒާހަރާ ކޮށްފައި ވެއެވެ.

މި މައްސަލަ ދަނީ ދިވެހި ފުލުހުންގެ ހިއުމަން ޓްެރެފިކިން ޑިޕާޓްމަންޓުން ބަލަމުން ކަމަށް ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް