ރަސްމީ ދަތުރުފުޅެއްގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޕާކިސްތާނަށް ވަޑައިގެންފިއެވެ.
ވަޒީރުގެ މި ދަތުރުފުޅަކީ މުސްލިމް ވޯލްޑް ލީގް (ރާބިތަތުލް އާލަމިލްއިސްލާމީ) ގެ ދައުވަތަކަށް، އިސްލާމީ މުޖުތަމައުތަކުގައި އަންހެންދަރީންނަށް ތައުލީމު ދިނުމާއި ބެހޭގޮތުން ބާއްވާ ބައިނަލްއަގްވާމީ ކޮންފަރެސްއެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ވަޒީރަކީ މުސްލިމް ވޯލްޑް ލީގުގެ ސުޕްރީމް ކައުންސިލް މެންބަރެކެވެ. މި ކޮންފަރެސްގައި ވަޒީރު ވާހަކަ ދައްކަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޕާކިސްތާނަށް ވަޒީރު ކުރެއްވެވި މި ދަތުރު ފުޅަކީ ދެ ދުވަހުގެ މުއްދަތަކަށް ކުރެއްވެވި ދަތުރުފުޅެއް ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް