އދ. އަތޮޅު ރިސޯޓެއްގެ ކައިރީގައި އޮތް ސަފާރީއަކުން ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުން އަންނަނީ ނ. ހޮޅުދޫ ސީވީޑް، އުމުރުން 35 އަހަރުގެ އަލީ އަރުޝަދެވެ.
ފުލުހުން ބުނެފައިވާގޮތުގައި ރޭގެ ވަގުތެއްގައި ސަފާރީގެ ޑެކްމަތީ ހުއްޓާ މީހާ ވެއްޓި އަރިމަތީ ޖެހިފައި މޫދަށް ވެއްޓިފައިވާތަން ސަފާރީގެ ސީސީޓީވީ ފުޓޭޖުން ފެނިފައިވެއެވެ.
އަރުޝަދު ހޯދުމަށް އެމްއެންޑީއެފް އަލި ޕޮލިހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.
ސިފައިން ބުނެފައިވަނީ މިރިހި އައިލެންޑް ރިސޯޓް ކައިރީގައި އޮތް "ނޯތު 07" ނަމަކަށް ކިޔާ ސަފާރީން ކަނޑަށް ވެއްޓުނު އަރުޝަދު ހޯދަން ޑައިވަރުންގެ ޓީމެއް އެ ސަރަހައްދަށް ދިއުމަށް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ދަތުރުފަށާފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް