ހުއްޓުމެއްނެތި އެމެރިކާ އަނދަނީ: 10،000 އަށްވުރެ ގިނަ އިމާރާތް އަނދާ ހުލި – އެއް ލައްކައަށްވުރެ ގިނަ މީހުން މަގުމަތި

އެމެރިކާގެ ލޮސް އެންޖަލިސްގައި އިއްޔެއިން ފެށިގެން ފެތުރެމުން އަންނަ އަލިފާންތަކުގައި މިހާތަނަށް 5،000 އަށްވުރެ ގިނަ އިމާރާތް އަނދާ ހުލިވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އަލިފާނުގެ ހާދިސާގެ...

10 Jan 2025 | 05:41

އެމެރިކާގެ ލޮސް އެންޖަލިސްގައި އިއްޔެއިން ފެށިގެން ފެތުރެމުން އަންނަ އަލިފާންތަކުގައި މިހާތަނަށް 5،000 އަށްވުރެ ގިނަ އިމާރާތް އަނދާ ހުލިވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އަލިފާނުގެ ހާދިސާގެ އެންމެ ފަހުގެ އަދާހަމަތަކަށް ބަލައިލާއިރު ޕެލިސޭޑްސް އިން ފެށުނު އަލިފާން ގަދަ ވަޔާއިއެކު ފަސް ސަރަހައްދަކަށް ފެތުރި ކޮންޓްރޯލު ކުރުމުގެ ނިޝާނެއް އަދި ވަނީ ނުފެނިއެވެ.

ފެތުރެމުން އަންނަ ފަސް ސަރަހައްދަކީ

  • ލިޑިއާ ފަޔަރ
  • ހާރސްޓް ފަޔަރ
  • ސަންސެޓް ފަޔަރ
  • ޕެލިސޭޑް ފަޔަރ
  • އީޓަން ފަޔަރ

މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ފަސް ސަރަހައްދަކުންކުރެ ސަރަހައްދެއްގައި އަލިފާން އެއްވެސް މިންވަރަކަށް ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ. އަދި މޫސުން މިއަދު އިތުރަށް ގޯސްވެ މިއަދު އިތުރަށް ވައިގަދަވާނެކަމަށް ލަފާ ކުރެވޭއިރު އަލިފާން އިތުރަށް ފެތުރި ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވެދާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ހަ މީހަކު މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައިވާއިރު މި އަދަދު އިންތިހާއަށް އިތުރުވުމަކީވެސް އެކަށީގެންވާކަމެއްކަމަށް ބުނެފައިވެއެވެ.

މަގުމަތިވި މީހުންގެ އަދަދު 100.000 އަށްވުރެ މަތިވެފައިވާއިރު އިތުރު 180،000 މީހަކު ސަލާމަތީ އައްސޭރިތަކަށް ގެންދިއުމުގެ މަސައްކަތްވެސް މިހާރުވަނީ ފަށާފައެވެ.

މިހާތަނަށް ކުރެވޭ އަންދާޒާގައި އަލިފާނުގެ މި ހާދިސާތަކުގައި 50 ބިލިޔަން ޑޮލަރުގެ ގެއްލުމެއް ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މި ވަގުތަށް ވައި ކޮންމެވެސް ވަރަކަށް މަޑުވެފައިވާއިރު ވައިގެ މަގުން އަލިފާން ކޮންޓްރޯލް ކުރުމުގެ ފުރުސަތު ފަޔަރ ފައިޓަރުންނަށް މިހާރުވަނީ ލިބިފައެވެ. އެހެންނަމަވެސް މިރޭ އަނެއްކާވެސް ވައިގަދަވެ ގަދަޔަށް އަލިފާން ފެތުރިގަންނާނެކަމަށް އަންދާޒާކުރާއިރު އެމެރިކާގެ އެހެން ސަރަހައްދުތަކުންނާއި ކެނެޑާއިންވެސް ފަޔަރ ފައިޓަރުން އަންނަނީ ލޮސް އެންޖަލިސް އާއި ދިމާއަށް ދަތުރުކުރަމުންނެވެ.

މީގެ އިތުރުން މި ހާލަތުގައި ސަލާމަތީ އައްސޭރިއަށް މީހުން ގެންދަން މަސައްކަތް ކުރާ ސަރަހައްދުތަކުގައި ލޫޓުވުމާއި ވައްކަން އިންތިހާއަށް އިތުރުވެފައިވާއިރު އެ ސަރަހައްދުގައި އަމަންއަމާންކަން ގެއްލެމުން އަންނަކަމުގެ ރިޕޯޓްތައްވެސް އަންނަނީ ލިބެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް