މޯދީއަށާއި އިންޑިއާއަށް މަލާމާތްކޮށް ފުރައްސާރަކުރި ސަރުކާރު މުވައްޒަފުންނާ މެދު އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާތީ، ދިވެހިރާއްޖޭގެ ޖުވެނައިލް ކޯޓުގެ ވެބްސައިޓު އިންޑިއާއިން ހެކުކޮށް އިންޒާރެއް ދީފިއެވެ.
ބާރަތިޔާ ހެކަރުން ކިޔާ ގްރޫޕަކުން ޖުވެނައިލް ކޯޓުގެ ވެބްސައިޓު ހެކުކޮށް ލިޔެފައިވާ އިންޒާރުގައި ވަނީ ވެބްސައިޓް ހެކްކުރީ، ދިވެހި ސަރުކާރުގެ ބައެއް ބޭފުޅުން ދާދިފަހުން ދެއްކެވި ހަރުކަށި އަދި ހަޑިހުތުރު ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ. މަލްޝާ ޝަރީފް، ހަސަން ޒިހާން އަދި މަރިޔަމް ޝިއުނާ ފަދަ ބޭފުޅުންގެ ނުކިޔަމަންތެރި އަދި ނަސްލީ ވާހަކަތަކަކީ ލަދުވެތި ކަމުގެ އިތުރުން ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުމަށް ވެސް ގެއްލުންހުރި ވާހަކަތަކެއް ކަމަށް އިންޒާރުގެ މެސެޖުގައި ވެއެވެ.
"އަޅުގަނޑުމެންގެ ފަރާތުން ތިޔަބޭފުޅުންގެ ޤައުމަށް ލިބިފައިވާ ތާރީޚީ އެހީތެރިކަމާއި އެއްބާރުލެއްވުން ހަނދާންކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންގެ ޘަޤާފަތާ މެދު އިހާނެތިކޮށް ދައްކާ ވާހަކަތަކާއި، ކުރީގެ އެހީއާއި، އެއްބާރުލުމާ ބެހޭގޮތުން ފެންނަން ހުރި ހަނދާންތައް ނެތުމަކީ ވަރަށް ބޮޑަށް މާޔޫސްކުރުވަނިވި ކަމެއް."
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އާއި ޝިއުނާ ފަދަ ލީޑަރުންނާއެކު ސަރުކާރުގެ މިހާރުގެ ޙާލަތުން ދައްކުވައިދެނީ، ދިވެހިރާއްޖެއަށް އޮތް ނިކަމެތިކަން ކަމުގައި ބުންޏެވެ.
މިއީ އިންޒާރެއް ކަމަށް ދެކޭ. އެފަދަ ނަފްރަތު އުފެދޭ ވާހަކަތަކާއި ނަސްލީ ތަފާތުކުރުން ދެމެހެއްޓުން ބަލައެއް ނުގަންނާނަން. ތިޔަބޭފުޅުންގެ ސައިބަރ ސްޕޭސްއަށް ވަރަށް ބޮޑަށް އަސަރުކޮށްފާނެ ފަދަ ފިޔަވަޅުތައް އެޅުމުގެ ޤާބިލުކަން އަޅުގަނޑުމެންނަށް އެބައޮތް."
އިންޒާރުގެ މެސެޖުގައި އިތުރަށް ބުނެފައިވަނީ މަސްލަހަތު ރަނގަޅުކުރުމަށްޓަކައި މިހާރުން މިހާރަށް މޯދިއަށާއި އިންޑިއާއަށް ކުރާ ފުރައްސާރައަށް ހިތްވަރު ދިނުން ހުއްޓާލައި، އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ނަތީޖާތަކާމެދު ވިސްނައިލުމަށެވެ. ޤައުމުތަކުގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަށް ބިނާކުރަނިވި އަދި ޞުލްޙަވެރި ޙައްލެއް ގެނައުމަށް އިންޑިއާއިން އިސްކަން ދޭނެ ކަމަށާއި، އެހެންނަމަވެސް، ޢަމަލުކުރުމުގެ މި ވައްޓަފާޅި ދެމިއޮތްނަމަ، ނިންމަންޖެހޭ ޖަވާބެއް ދޭން ފަސްނުޖެހޭނެ ކަމަށް ބުންޏެވެ. އަދި، އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށާއި، ސަރުކާރުން ގެންގުޅުއްވާ މިސްރާބާމެދު ވަރަށް ރަނގަޅަށް ވިސްނާލުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް