ހުޅުމާލެއިން އިންސާނެއްގެ ކަށިތަކެއް ކަމަށް ބެލެވޭ ކަށިތަކެއް ފެނިއްޖެ

ހުޅުމާލެއިން އިންސާނެއްގެ ކަށިތަކެއް ކަމަށް ބެލެވޭ ކަށިތަކެއް ފެނިއްޖެ އެވެ. އެކަށިތައް ފެނިފައިވަނީ ރެޑްބުލް ޕާކާއި ދިމާ އަތިރިމަތިން ނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަން ރިޕޯޓު ކުރީ މިއަ...

10 Jan 2023 | 18:14

ހުޅުމާލެއިން އިންސާނެއްގެ ކަށިތަކެއް ކަމަށް ބެލެވޭ ކަށިތަކެއް ފެނިއްޖެ އެވެ.

އެކަށިތައް ފެނިފައިވަނީ ރެޑްބުލް ޕާކާއި ދިމާ އަތިރިމަތިން ނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަން ރިޕޯޓު ކުރީ މިއަދު ހަވީރު 5:38 ހާއިރު އެވެ.

ފެނުނީ ކިހާ އަދަދެއްގެ ކަށިތަކެއް ކަމެއް ނޭނގެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކަށިތައް ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލައިގަ ބަލްނަ ޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް