ކައްދޫ އެއާޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީ ކުރަން ނިންމައިފި

ކްރޮސް ސަބްސިޑީ އުސޫލުން ލ. ކައްދޫގައި ބައިނަލްއަޤްވާމީ އެއާޕޯޓެއް ތަރައްޤީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ނިންމަވައިފި އެވެ. އެގޮތުން ކައްދޫ އެއާޕޯޓް ތަރައްޤީ ކުރަން ނިންމ...

10 Jan 2023 | 16:58

ކްރޮސް ސަބްސިޑީ އުސޫލުން ލ. ކައްދޫގައި ބައިނަލްއަޤްވާމީ އެއާޕޯޓެއް ތަރައްޤީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ނިންމަވައިފި އެވެ.

އެގޮތުން ކައްދޫ އެއާޕޯޓް ތަރައްޤީ ކުރަން ނިންމަވާ ރައީސް ޞާލިހް މިއަދު ވަނީ ގަރާރެއް ނެރުއްވާފައެވެ.

https://gazette.gov.mv/gazette/6680

އަދި މި މަޝްރޫޢުއަށް ހަރަދު ކުރަންޖެހޭ އެންމެ ދަށް މިންވަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ފަސް މިލިއަން އެމެރިކާ ޑޮލަރެވެ.

ކައްދޫ އެއާޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީ ކުރަން ސަރުކާރުން ނިންމަވާފައި ވާކަން އިއުލާނު ކުރައްވާފައި ވަނީ 2020 ވަނަ އަހަރު ލ. ގަމުގައި އެމްޑީޕީން ކުރިއަށް ގެންދިޔަ "އެޖެންޑާ 19 ހައްދުންމަތި ކޮންފަރެންސް" ގައި ރައީސް ޞާލިހް އެވެ.

އަދި އެޖެންޑާ 19 ކޮންފަރެންސް ގައި ވާހަކަ ފުޅު ދައްކަވަމުން ރައީސް ވަނީ ލ. އަތޮޅު ތަރައްޤީކުރުމަށްޓަކައި އެންމެ އިސްކަމެއްދީގެން ކުރަން ޖެހޭ މަސައްކަތަކީ ކައްދޫ އެއާޕޯޓު އިތުރަށް ތަރައްގީކުރުން ކަމަށް ވިދާޅުވެފައެވެ.

މިގޮތުން ކައްދޫ އެއާޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީ ކުރުމަކީ ރައީސް ޞާލިހްގެ ވަޢުދުފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް