ކްރިމިނަލް ކޯޓަށް ދެ ގާޒީން ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފި އެވެ.
ޖޭއެސްސީން ބުނީ މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 12:00 ހަމައަށެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާ ހަމަޖެހިފައި ވާއިރު، ލިވިން އެލަވަންސަށް މަހަކު 15،000 ރުފިޔާއާއި ރިސްކް އެލަވަންސަށް މަހަކު 3،300 ރުފިޔާ ލިބޭނެ އެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެލްތު އިންޝުއަރެންސް ލިބޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް