ބައެއް ބޭފުޅުންނަށް ހީވަނީ ތަރައްޤީ ގުޅިފައި ވަނީ، ވަޒީރުންގެ ގޭ ވަޅު ދިޔަ ހިއްކާ ދިނުމާކަމަށް: ނަޝީދު

ބައެއް ބޭފުޅުންނަށް ހީވެފައި އޮންނަނީ، ތަރައްޤީ ގުޅިފައި އޮންނަނީ، ވަޒީރު ބޭފުޅެއްގެގޭ ވަޅު ދިޔަ ހިއްކައި ދިނުމާއި ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު...

10 Jan 2023 | 10:58

ބައެއް ބޭފުޅުންނަށް ހީވެފައި އޮންނަނީ، ތަރައްޤީ ގުޅިފައި އޮންނަނީ، ވަޒީރު ބޭފުޅެއްގެގޭ ވަޅު ދިޔަ ހިއްކައި ދިނުމާއި ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ނަޝީދު މިހެން ވިދާޅުވީ ކެމްޕޭނުގައި ރ. ދުވާފަރުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ދުވާފަރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ބައެއް ބޭފުޅުންނަށް ހީވެފައި އޮންނަނީ، ރަށު ތަރައްޤީ ގުޅިފައި އޮންނަނީ، ވަޒީރު ބޭފުޅެއްގެ ގޭދޮށުގައި މުގޯލި އެޅުމާއި ކަމަށެވެ.

އަދި ބައެއް ބޭފުޅުންނަށް ހީވެފައި އޮންނަނީ ތަރައްޤީ ގުޅީފައި ވަނީ ވަޒީރުންގެގޭ ވަޅުދިޔަ ހިއްކާދިނުމާ، އޭނާގެ ދަރިން މަދަރުސާއަށް ގެންދިއުމާއި، އެގެއަށް ބާޒާރުކުރުމާ، އޭނާއަށް ނޯކިރީ ކުރުމާއި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މިގޮތުން ތަރައްޤީ ގެނެވޭނީ، ވެރިންގެ ދަށުވެ، ވަޒީރުންނަށް ނޯކިރީކޮށްދީގެން ކަމަށް ގިނަ މީހުންނަށް ހީވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

އަދި ވެރިންގެ ތައްޕާހުން ލިބޭނީ އެންމެ ކަމެއްކަމަށާއި އެއީ އަޅުވެތިކަން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ރައްޔިތުން ތަރައްޤީ ގެނައީ ބިރުފަހަނައަޅާ ގޮސް، ޕާޓީ ސިސްޓަމެއް ރާއްޖެއަށް ގެނެސް، ރައްޔިތުން ހޮވި ސަރުކާރެއް ގެނެސްގެން ކަމުގައެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ތައްޔާރު ވުމުގެ ގޮތުން  އެމްޑީޕީން ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެއްކޮޅުން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު ވާދަކުރައްވާ އިރު، އަނެއްކޮޅުން ވާދަކުރައްވަނީ އެމްޑީޕީގެ އިސް ލީޑަރު ރައީސް ޞާލިހެވެ.

މި ދެބޭފުޅުން ވެސް ފޯރިއާއެކު ކެމްޕެއިން ކުރައްވަމުން ގެންދާއިރު މިއީ ފަހުގެ ތާރީހެއްގައި އެމްޑީޕީގެ އެތެރޭގައި ބޭއްވޭ އެންމެ ވާދަވެރި އިންތިޚާބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް