ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ޔަސްރިފް އައްޔަން ކޮށްފި

ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޑޫ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފު އައްޔަން ކޮށްފިއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި ޔަސްރިފް ޑެޕިއުޓީ މިނިސްޓަރުކަމަށް އަ...

10 Jan 2023 | 09:21

ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޑޫ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފު އައްޔަން ކޮށްފިއެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި ޔަސްރިފް ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަން ކޮށްފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރެއްގެ މަޤާމްގައި ހުންނެވުމަށްފަހު އެ މަޤާމުން އޭނާ އިސްތިއުފާ ދެއްވާފައި ވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީމަހު އެވެ.

މިގޮތުން އައްޑޫ ސިޓީގެ ކައުންސިލްގެ ތިންވަނަ ދައުރުގައި ޑެޕިއުޓީ މޭޔަރުކަން ކުރެއްވި ޔަސްރިފު ފަހުން މަސައްކަތް ކޮށްފައިވަނީ އެ ކައުންސިލްގެ ޑިރެކްޓަރެއްގެ މަޤާމުގައެވެ.

އަދި ފާއިތުވެދިޔަ ދައުރުގައި  ޔަސްރިފު އަދާ ކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރުކަމުގެ މަޤާމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް