ރާޅުގަނޑުގައި ރައީސް ނަޝީދުގެ ކެމްޕޭން ޖަލްސާއެއް ބާއްވަނީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޖަލްސާއެއް ރާޅުގަނޑު ސަރަހައްދުގައި ބޭއްވުމަށް ނިންމައިފިއެވެ. ރައީސް ނަ...

10 Jan 2023 | 06:57

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޖަލްސާއެއް ރާޅުގަނޑު ސަރަހައްދުގައި ބޭއްވުމަށް ނިންމައިފިއެވެ.

ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ހާމަކުރާ ގޮތުގައި ރާޅުގަނޑު ޖަލްސާގެ ނަމުގައި އަންނަ ބުރާސްފަތި ދުވަހު އެ މަނިކުފާނުގެ ކެމްޕެއިން ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މި ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ކަމަށް ވެސް ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ހާމަކުރެއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ތައްޔާރު ވުމުގެ ގޮތުން  އެމްޑީޕީން ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

އެޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނީ އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

މި ދެބޭފުޅުން ވެސް ފޯރިއާއެކު ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާއިރު މިއީ ފަހުގެ ތާރީހެއްގައި އެމްޑީޕީގެ އެތެރޭގައި ބޭއްވޭ އެންމެ ވާދަވެރި އިންތިޚާބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް