ނަޝީދުގެ ވެރިކަމެއްގެ ތެރެއިން ރާއްޖެއަށް ހަމަޖެހުމެއް ލިބެން ނެތް: ރޮޒައިނާ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވާ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމެއްގެ ތެރެއިން ރާއްޖެއަށް ހަމަޖެހުމެއް ލިބެން ނެތް ކަމަށް އައ...

10 Jan 2023 | 06:42

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވާ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމެއްގެ ތެރެއިން ރާއްޖެއަށް ހަމަޖެހުމެއް ލިބެން ނެތް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެގޮތުން އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުކުރައްވާ އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ރައްދުތަކެއް އަބަދުވެސް ދެމުން އަންނަ ރޮޒެއިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ،  ހަލަބޮލި ކަމަށް ލޯބިކުރާ މީހަކަށް ހަމަޖެހުމެއް ނުގެނެސްދެވޭނެ ކަމަށެވެ.

އަދި މިސަބަބަށްޓަކާ ރައީސް ނަޝީދުގެ ވެރިކަމެއްގެ ތެރެއިން މިޤައުމަށް ހަމަޖެހުން ލިބުމުގެ ފުރުސަތެއް ނެތް ކަމަށާއި ރައީސް ޞާލިހަކީ ހަމަޖެހުމަށް ލޯބިކުރައްވާ ބޭފުޅެއް ކަމަށެވެ.

މީގެ އިތުރުން ވެރިކަން ކުރެވޭނީ ރައީސް ޞާލިހަށް ކަމަށް ރޮޒެއިނާ ވިދާޅުވެފައި ވެއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ތައްޔާރު ވުމުގެ ގޮތުން  އެމްޑީޕީން ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެއްކޮޅުން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު ވާދަކުރައްވާ އިރު، އަނެއްކޮޅުން ވާދަކުރައްވަނީ އެ ޕާޓީގެ އިސް ލީޑަރު ރައީސް ޞާލިހެވެ.

މި ދެބޭފުޅުން ވެސް ފޯރިއާއެކު ކެމްޕެއިން ކުރައްވަމުން ގެންދާއިރު މިއީ ފަހުގެ ތާރީހެއްގައި އެމްޑީޕީގެ އެތެރޭގައި ބޭއްވޭ އެންމެ ވާދަވެރި އިންތިޚާބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް