ޗައިނާ އެމްބަސީއިން ޓްރީ ޓޮޕް ހޮސްޕިޓަލަށް ޕީ.ސީ.އާރު މެޝިނަކާއި ޓެސްޓިން ކިޓް ހަދިޔާކޮށްފި

ޗައިނާ އެމްބަސީގެ ފަރާތުން ހުޅުމާލެ  ޓްރީޓޮޕް ހޮސްޕިޓަލަށް ޕީ.ސީ.އާރު މެޝިނަކާއި ޓެސްޓިން ކިޓެއް ހަދިޔާކޮށްފިއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލަށް ޕީސީއާރު މެޝިނަކާއި ޓެސްޓް ކިޓު ހަދިޔާކޮށްފައިވަނީ ޗައިނާ ސަފީ...

10 Jan 2023 | 05:55

ޗައިނާ އެމްބަސީގެ ފަރާތުން ހުޅުމާލެ  ޓްރީޓޮޕް ހޮސްޕިޓަލަށް ޕީ.ސީ.އާރު މެޝިނަކާއި ޓެސްޓިން ކިޓެއް ހަދިޔާކޮށްފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަށް ޕީސީއާރު މެޝިނަކާއި ޓެސްޓް ކިޓު ހަދިޔާކޮށްފައިވަނީ ޗައިނާ ސަފީރު މިސް ވަންގް ލިކްސިންއެވެ. އަދި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ ފަރާތުން ހަވާލުވެފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ނަޒީރު އަދި ޗީފް އޮޕަރޭޓިން އޮފިސަރު އާދިލް މޫސާ އެވެ.

ޗައިނާގެ ސަފީރު މިސް ވަންގް ލިކްސިން މިތަކެތި ހަދިޔާކުރައްވަމުން އިއްޔެ ދެއްކެވި ވާހަކަފުޅުގައި ވަނީ ސިއްހީ ފަރުވާގެ ސިނާއަތުގައި ރާއްޖެ އަށް ބޭނުންވާ އެހީތެރިކަން އަދި ކުރިއެރުވުމަށް ދެފަރާތަށްވެސް ފައިދާވާނެ ގޮތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެކަމުގައެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީ.އޯ.އޯ އާދިލް މޫސާ ވަނީ ޗައިނާ އެމްބަސީން ފޯރުކޮށްދެއްވާފައިވާ އެހީއާއި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ފޯރުކޮށްދެއްވަމުންދާ ވަސީލަތްތަކާއި މަސައްކަތްތަކުގެ އިތުރުން ކޮވިޑް-19 އަށް ރައްދުދިނުމަށް ޗައިނާ ސަރުކާރުން ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް އުފެދުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަރާފައިވާ ހަތަރު ކުންފުންޏެއްގެ ތަސައްވުރާއި އިންވެސްޓްމަންޓުން ކަމަށް އަލިއަޅުވާލައްވަމުން މެނޭޖިން ޑިރެކްޓަރު އަހުމަދު ނަޒީރު ވަނީ ޗައިނާގެ އެމްބަސީއަށް ޝުކުރު އަދާކުރައްވައި، އަދި ޓްރީ ޓޮޕް ހޮސްޕިޓަލުން މައްސަތްކަތް ކުރަނީ މަތީ ފެންވަރުގެ ސިއްހީ ފަރުވާ އާއި މެހެމާންދާރީ ފޯރުކޮށްދިނުމަށް ކަމުގައި އެބޭފުޅާ ވިދާޅުވިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ރާއްޖޭގައި ރަނގަޅު ސިއްހީ ދާއިރާއެއް ބިނާކުރުމަށް ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރަމުން އަންނަކަމަށާއި އެ މަގްސަދާ ދިމާއަށް މަސައްކަތް ކުރަމުން އެ ހޮސްޕިޓަލުން ކުރިއަށް ދާނެކަމުގެ ޔަގީންކަން ހްސްޕިޓަލުގެ ސީ.އީ.އޯ އާދިލް މޫސާދެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް