ގްލޯބަލް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗައިނާގެ ސްޓޭޓް ކައުންސިލް ޖޮއިންޓް ޕްރިވެންޝަން އެންޑް ކޮންޓްރޯލް މެކޭނިޒަމް އިން ކޮވިޑް-19 އިން ރައްކާތެރިވުމުގެ ޕްރޮޓޮކޯލްގެ 10 ވަނަ އެޑިޝަން ހޮނިހިރު ދުވަހު ވަނީ އާންމުކޮށްފައެވެ. އާ ޕްލޭންގައި ވަނީ މިއުޓޭޓެޑް ވޭރިއަންޓްތައް މޮނިޓާކުރުމާއި އަވަހަށް އިންޒާރު ދިނުމުގެ އިތުރުން ސީރިއަސް ކޭސްތައް ފެތުރުން ހުއްޓުވައި މުހިންމު ގްރޫޕްތައް ހިމާޔަތް ކުރުމަށް ބާރު އަޅާފައިވެ އެވެ.
ވައިރަސް ޕްރިވެންޝަން އެންޑް ކޮންޓްރޯލް ޕްރޮޓޮކޯލްގެ 10 ވަނަ އެޑިޝަން ނެރެފައިވަނީ އެޕިޑެމިކް މެނޭޖްމަންޓް ގްރޭޑް އޭ އިން ކްލާސް ބީ އަށް ދަށްކުރަން ނިންމި ނިންމުމާ އެއްގޮތަށެވެ. ކޮވިޑް-19 އިން ރައްކާތެރިވުމާއި ކޮންޓްރޯލް ކުރުމުގެ ޕްލޭންގެ އާ ވާޝަންގައި ވެކްސިން ޖެހުމާއި އަމިއްލަ ރައްކާތެރިކަން އިތުރުކުރުމަށް ގޮވާލާފައިވާއިރު، އާ ވޭރިއަންޓްތައް މޮނިޓާކުރުމާއި ނޭޝަނަލް އިންފްލުއެންޒާ ސަވައިލަންސް ނެޓްވޯކް ބޭނުންކުރުން އިތުރުކުރުމަށް ބާރުއަޅާފައިވެއެވެ.
ނޭޝަނަލް އިންފްލުއެންޒާ ސަވައިލެންސް ނެޓްވޯކްގައިވާ ގޮތުން އިންފްލުއެންޒާ ފަދަ ބައްޔެއް (އައިއެލްއައި) އަދި ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަންސް (ސާރީ) ސަވައިލަންސް ހެދުމަށް 554 ނެޝަނަލް އިންފްލުއެންޒާ ސަވައިލަންސް ސެންޓިނެލް ހޮސްޕިޓަލް ބޭނުންވެ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޗައިނާއަށް އެތެރެވާ މީހުން އަންނަ ޖެނުއަރީ މަހުގެ އަށްވަނަ ދުވަހުން ފެށިގެން ކޮވިޑް-19 އަށް ޓެސްޓު ކުރާކަށް ނުޖެހޭނެ އެވެ.
ވައިރަސް މިއުޓޭޝަން ޓްރޭސިންހެދުމަށް، އައު ވާޝަންގައި، ހޯލް-ޖީނޯމް ސީކުއެންސިން ހެދުމަށް ޓަކައި، އައުޓްޕޭޝަންޓް އަދި އިމަރޖެންސީ ކޭސްތަކާއި، ސީރިއަސް ކޭސްތަކާއި، ތަމްސީލުކުރާ ސިޓީތަކުގެ ސެންޓިނެލް ހޮސްޕިޓަލްތަކުގައި މަރުވާ މީހުންނާއި އެއްގަމާއި ވައިގެ ބަނދަރުތަކަށް ވަންނަ މީހުންގެ ސާމްޕަލް ނަގަން ޖެހެއެވެ. އާ މިއުޓެންޓް ސްޓްރެއިންތައް ވަގުތުން ދެނެގަތުމަށް ޗައިނާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއަށް ނަތީޖާ ރިޕޯޓް ކުރަން ޖެހެ އެވެ.
ގްލޯބަލް ޓައިމްސްގެ ރިޕޯޓުގައި ވާގޮތުން އާބަން ސުވޭޖުގައި ކޮވިޑް-19 ގެ ކަންކަން މޮނިޓާ ކުރުމަށް ކޮލިފައިޑް ސިޓީތައް ކަނޑައެޅުމަށް ވެސް ސަރަހައްދުތަކުން ލާޒިމްކޮށްފައިވާ އިރު، އޭގެ ސަބަބުން ބަލިމަޑުކަމުގެ ނުރައްކާތެރިކަން ދެނެގަނެ، ބަދަލުވަމުން އަންނަ ޓްރެންޑާއި ވައިރަސް މިއުޓޭޝަނަށް ހޭލުންތެރިވެވޭނެ އެވެ.
މެޑިކަލް އިންސްޓިޓިއުޓްތަކުން 24 ގަޑިއިރުގެ ތެރޭގައި ޗައިނާ ސީޑީސީން ހިންގާ ޑައިރެކްޓް އޮންލައިން ރިޕޯޓިން ސިސްޓަމަށް 24 ގަޑިއިރުގެ ތެރޭގައި އަލަށް ކޮވިޑް-19 ގެ ކޭސްތައް ރިޕޯޓް ކުރަން ޖެހެ އެވެ. ކުރިން އަމަލުކުރަމުން އައި ޕްރޮޓޮކޯލްގައިވާ ގޮތުން ކޮވިޑް-19 ގެ ކޭސްތައް ދެ ގަޑިއިރުގެ ތެރޭގައި ރިޕޯޓް ކުރަން ޖެހެ އެވެ.
މީގެ އިތުރުން ޑިޒީޒް ކޮންޓްރޯލް ޑިޕާޓްމަންޓްތަކުން އެޕިޑެމިއޮލޮޖިކަލް އިންވެސްޓިގޭޝަންތައް ވަގުތުން ކުރިއަށް ގެންގޮސް ސީރިއަސް، ކްރިޓިކަލް ކޭސްތަކާއި މަރުވާ މީހުންގެ ރިޕޯޓްތައް އަޕްލޯޑް ކުރަން ޖެހޭ ކަމަށް ގްލޯބަލް ޓައިމްސްގެ ރިޕޯޓުގައި ވެ އެވެ. ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންގެ މެދުގައި ވެކްސިންގެ ދެ ޑޯޒް އަދި ބޫސްޓާ ޝޮޓް ޖަހަން ޖެހޭ މީހުންނަށް ވެކްސިން ދިނުން އިތުރު ކުރުމަށް ވެސް އާ ވާޝަންގައި ވަނީ ގޮވާލައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް