ރައީސް، މާލޭ ދާއިރާތަކުގެ މެމްބަރުންނާއި، ކެމްޕޭން ޓީމުތަކާ ބައްދަލު ކުރައްވަނީ

އެމްޑީޕީގެ މާލޭ ދާއިރާގެ މެމްބަރުންނާއި އަދި އޭގެ އިތުރުން ކެމްޕޭން ޓީމުތަކާއި މިރޭ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ބައްދަލު ކުރައްވާ ގޮތަށް ހަމަޖައްސައިފިއެވެ. ރައީސް ޞާލިހްގެ ކެމްޕޭން ޓީމުން ހާމ...

10 Jan 2023 | 04:24

އެމްޑީޕީގެ މާލޭ ދާއިރާގެ މެމްބަރުންނާއި އަދި އޭގެ އިތުރުން ކެމްޕޭން ޓީމުތަކާއި މިރޭ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ބައްދަލު ކުރައްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ރައީސް ޞާލިހްގެ ކެމްޕޭން ޓީމުން ހާމަ ކޮށްފައިވާ ގޮތުގައި، ކެމްޕޭން ޓީމުތަކާއި އަދި މާލޭގެ ދާއިރާގެ މެމްބަރުންނާއި ރައީސް މިރޭ ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މި ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައި ދަރުބާރުގޭގެ ފާށަނާ މާލަމުގައި ކަމަށް ރައީސް ޞާލިހްގެ ކެމްޕެއިން ޓީމުން ހާމަކުރެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ޞާލިހް މިރޭ މާލޭގެ ކެމްޕޭން ޓީމުތަކާއި ބައްދަލު ކުރުމަށް ހަމަޖެހިފައިވާއިރު، މި ހަފްތާގައި ރައީސް ޞާލިހުވަނީ 3 އަތޮޅަކަށް ދަތުރު ކުރައްވާ ރަށްތަކުގައި ފޯރިގަދަ ކެމްޕެއިން ބައްދަލުވުން ތަކެއް ބާއްވާފައެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ތައްޔާރު ވުމުގެ ގޮތުން  އެމްޑީޕީން ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެއްކޮޅުން ރައީސް ޞާލިހު ވާދަކުރައްވާ އިރު، އަނެއްކޮޅުން ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި މި ދެބޭފުޅުން ވެސް ގެންދަވަނީ ފޯރިއާއި އެކު ކެމްޕެއިން ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް