ފްރާންސް ގޯލްކީޕަރު ހޫގޯ ލޮރިސް ޤައުމީ ޓީމަށް ކުޅުން ހުއްޓާލައި

ފްރާންސްގެ ކެޕްޓަން އަދި ތަޖުރިބާކާރު ގޯލް ކީޕަރު ހޫގޯ ލޮރިސް ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ. ގިނަ އަހަރުތަކެއް ވަންދެން ފްރާންސްގެ ގައުމީ ޓީމުގެ ކެޕްޓަން ކަން ވެސް ކޮށްފައިވާ ލޮރިސް ގައުމީ ޓީމ...

10 Jan 2023 | 04:20

ފްރާންސްގެ ކެޕްޓަން އަދި ތަޖުރިބާކާރު ގޯލް ކީޕަރު ހޫގޯ ލޮރިސް ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

ގިނަ އަހަރުތަކެއް ވަންދެން ފްރާންސްގެ ގައުމީ ޓީމުގެ ކެޕްޓަން ކަން ވެސް ކޮށްފައިވާ ލޮރިސް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރީ ފްރާންސްގެ މަޝްހޫރު ނޫހެއް ކަމަށް ވާ ލެ އިކުއިޕޭއަށް ދިން އިންޓަވިއުއެއްގައެވެ.

2018 ވަނަ އަހަރު ފްރާންސްއާއި އެކު ވޯލްޑް ކަޕް ކާމިޔާބު ކުރި ލޮރިސް ބުނީ އޭނާ ބައިނަލްއަގްވާމީ ކެރިއަރު ހުއްޓާލަން ނިންމައިފިން ކަމަށާއި އަދި އޭނާ ގައުމީޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރީ އޭނާގެ ފަރާތުން ޓީމަށް ހުރިހާ އެއްޗެއް ވެސް ދީފައިވާ ކަމުގެ ހިތްހަމަ ޖެހުމާއި އެކުގައި ކަމަށެވެ.

" އަހަރެން ގައުމީޓީމަށް ކުޅުން ހުއްޓާލައިފިން، އެކަން މި ކުރީ އަހަރެންގެ ފަރާތުން ޓީމަށް ހުރިހާއެއްޗެއް ވެސް ދެވުނު ކަމުގެ ފޮނި އުންމީދާއި އެކު،" ލެ އިކުއިޕޭ އާއި ވާހަކަ ދައްކަމުން ލޮރިސް ބުންޏެވެ.

މީގެ އިތުރުން ލޮރިސް ބުނީ އޭނާ ގައުމީޓީމަށް ކުޅުން ހުއްޓާލީ ޔޫރޯ ކޮލިފައިންގެ ކުރިން ވަގުތު އޮއްވާ ނިންމުން އިއުލާން ކުރަން ޖެހޭކަމަށް ދެކޭތީ ކަމަށެވެ.

2008 ވަނަ އަހަރު ފްރާންސް ގައުމީ ޓީމަށް ކުޅެން ފެށި ލޮރިސް ކުޅުން ހުއްޓާލިއިރު އޭނާ ވަނީ ޤައުމީ ޓީމަށް 145 މެޗު ކުޅެފައެވެ. ފްރާންސް ޤައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިއާގެ ޗަރަފުވެސް އޮތީ އޭނާއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް