މަރާމާތަށްފަހު ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މި މަސްތެރޭގައި އަލުން ހުޅުވަން ތައްޔާރު ވެފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން ބުނީ ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާމުގެ މަރާމާތުގެ މަސައްކަތް ކުރުމަށް ފަހު، މިރޭ ޓެސްޓުކޮށްފައިވާ ކަމަށެވެ.
އަދި އިތުރަށް ކުރަން ހުރި މަސައްކަތްތައް ނިންމުމަށްފަހު މި މަހުގެ 20 ގައި އަލުން ހުޅުވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކައުންސިލުން ހާމަކޮށްފައި ވެއެވެ.
އެކި ކުލަތަކުން ދިއްލޭ ގޮތަށް ފަރުމާކޮށްފައިވާ ފެންއަރުވާ ވަޑާން ހެދީ އާންމުންނަށް ވެސް އެތަނުގެ ތެރެއަށް ވަދެވޭ ގޮތަށެވެ.
ޤައުމީ އެއްބައިވަންތަކަން ރަމްޒުކޮށްދޭ މޮނިއުމަންޓަކާ އެކު ހިތްގައިމު ގޮތަކަށް ތައްޔާރު ކުރި މި ފެންއަރުވާ ވަޑާމަކީ ރާއްޖޭގެ ޖުމްހޫރިއްޔާ އަށް 50 އަހަރު ފުރުނު މުނާސަބަތާ ގުޅުވައިގެން އެމްޓީސީސީން ހެދި ތަނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް