ބަޖެޓުން ފައިސާ ދޫކުރާ އަދަދަށް މެންބަރުން ތިބީ 4 ސިޔާސީ ޕާޓީ އެއްގައި: އީސީ

ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ އަދަދަށް މެމްބަރުން ތިބީ ހަތަރު ސިޔާސީ ޕާޓީއެއްގައި ކަަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. ސިޔާސީ ޕާޓީ ތަކުގެ ޤާނޫނުގައި ބަޔާން ވެގެންވާ ގޮތުން، ދައުލަ...

10 Jan 2022 | 14:25

ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ އަދަދަށް މެމްބަރުން ތިބީ ހަތަރު ސިޔާސީ ޕާޓީއެއްގައި ކަަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ސިޔާސީ ޕާޓީ ތަކުގެ ޤާނޫނުގައި ބަޔާން ވެގެންވާ ގޮތުން، ދައުލަތުގެ ބަަަަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ.

އަދި މި އަދަދަށް ފައިސާ ދޫކުރުމަށް ކަނޑައަޅާފައި ވަނީ 10،000 މެންބަރުން ހަމަވާ ޕާޓީ ތަކަށެވެ.

އީސީ އިން ބުނީ ބަޖެޓް ފާސް ކުރިއިރު، ޤާނޫނުގައި ބުނާ އަދަދަށް މެންބަރުން ތިބީ ހަތަރު ޕާޓީ އެއް ގައިި ކަަމަށެވެ.

އެގޮތުން އޭގެ ތެރޭގައި ހިމެނެނީ ވެރި ކަން ކުރާ ޕާޓީ އެމްޑީޕީ އާއި، ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން، އިދިކޮޅު ޕާޓީ ޕީޕީއެމް އެވެ.

އީސީ އިން ހާމަކުރާ ގޮތުގައި މި ޕާޓީ ތަކަށް ދޭން ޖެހޭ ފައިސާ މި އަހަރުގެ މާޗް މަހުގެ ކުރިން ދޫކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި11 ޕާޓީ އެއް ރަޖިސްޓްރީ ކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް