ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި, ފުލުހަކުވެސް ހިމެނޭ

ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި މި މަހުގެ ފަސްވަނަ ދުވަހު ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ. ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 28 އަހަރާއި، 65 އަހަރާއި ދެމެދުގެ ...

10 Jan 2022 | 09:51

ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި މި މަހުގެ ފަސްވަނަ ދުވަހު ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 28 އަހަރާއި، 65 އަހަރާއި ދެމެދުގެ ފިރިހެނުން ކަމުގައެވެ.

އޭގެ ތެރޭގައި ބިދޭސީ އަކާއި ފުލުހަކު ހިމެނޭކަމުގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން، މި މައްސަލައިގައި ހިމެނޭ ފުލުސް މީހާގެ ޖިނާއީ ތަހުގީގު ކުރިއަށް ދާތީވެ، ފުލުސް މީހާ މިހާރު ވަނީ މުސާރަ ނުލިބޭގޮތަށް ސަަސްޕެންޑް ކުރެވިފައި ކަމުގައި ފުލުހުން ހާމަކުރެއެވެ.

މި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ދެ މީހަަކަށް 15 ދުވަސް އަދި އަނެއް ދެ މީހަކަށް 10 ދުވަސް ދީފައި ވެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް