ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްޑް (އެފްއޭއެމް) އިމާަރާތުގައި ކޯވިޑް ސާމްޕަލް ނަގައިދޭ ސެންޓަރެއް ހުޅުވައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން ބުނީ އެ ސެންޓަރުގެ ހިދުމަތް މިއަދު މެންދުރު2:00 އިން ފެށިގެން ދެމުންދާނެ ކަމަށެވެ. އެތަނުން ހިލޭ ކޯވިޑަށް ޓެސްޓު ކުރެވޭނެ އެވެ.
ދެން ހިލޭ ކޯވިޑް ސާމްޕަލް ޓެސްޓު ކުރެވޭގޮތަށް މާލޭގައި ކުރިޔަށް ގެންދާ ސޯޝަލް ސެންޓަރުގައި ހުޅުވާފައިވާ ކަލެކްޝަން ސެންޓަރު ވަނީ ތާޖުއްދީން ސްކޫލަށް ބަދަލުކޮށްފަ އެވެ. މި ބަދަލު ގެނައި ސަބަބެއް އެޗްޕީއޭއިން ހާމައެއް ނުކުރެ އެވެ.
ސާމްޕަލް ކަލެކްޝަން ސެންޓަރުތައް އިތުރު ކުރަން ފަށާފައި މިވަނީ މިއަދުން ފެށިގެން އަތޮޅުތެރެއަށް ދަތުރު ކުރާ ފަރާތްތަކުން ކޯވިޑް ނެގެޓިވް ނަތީޖާ އޮންނަން ޖެހޭ ގޮތަށް ހެދުމުންނެވެ. އެޗްޕީއޭގެ މި ނިންމުމާއި އެކު ސޯޝަލް ސެންޓަރަށް ވަރަށް ބޮޑަށް ބާރުބޮޑުވެ ގިނަ ބަޔަކު އެތައް އިރަކު ކިޔުގައި ތިބެން ޖެހޭ މައްސަލަ ވަނީ ބޮޑުވެފައި އެވެ.
އެޗްޕީއޭއިން ހަމަޖައްސާފައިވާ ގޮތުން މާލެއިން ސާމްޕަލް ނެގުމަށް ފަހު ރަށަށް ގޮސް ނަތީޖާ ލިބެންދެން ކަރަންޓީންގައި ތިބެވޭނެ އެވެ. ނޫނީ ރަށަށް ގޮސް ރަށުން ސާމްޕަލް ނަގައިގެންވެސް ނަތީޖާ ލިބެންދެން ކަރަންޓީންގައި ތިބެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް