ރާއްޖޭގައި ވިއްކަމުންދިޔަ ހަލާލު ނޫން ބާވަތެއްގެ ސޯހެއް ވިއްކުން ހުއްޓާލައިފި

ރާއްޖެ އެތެރެކޮށް ވިއްކަމުން ދިޔަ ސޯހެއްގައި ހަލާލު ނޫން ބާވަތެއް ހިމެނޭ ކަމަށް ބުނެ ވިއްކުން ހުއްޓާލައިފިއެވެ. ހަލާލު ނޫން ބާވަތެއް ހިމެނޭ ކަމަށް ބުނެ ވިއްކުން ހުއްޓާލާފައި ވަނީ އެމްޔޫ ސްޓޯރުން ރާއްޖ...

10 Jan 2022 | 08:26

ރާއްޖެ އެތެރެކޮށް ވިއްކަމުން ދިޔަ ސޯހެއްގައި ހަލާލު ނޫން ބާވަތެއް ހިމެނޭ ކަމަށް ބުނެ ވިއްކުން ހުއްޓާލައިފިއެވެ.

ހަލާލު ނޫން ބާވަތެއް ހިމެނޭ ކަމަށް ބުނެ ވިއްކުން ހުއްޓާލާފައި ވަނީ އެމްޔޫ ސްޓޯރުން ރާއްޖެ އެތެރެކޮށް ވިއްކަމުން ދިޔަ " ކަމްޕާނިއާ ބޮލޮނީސް" ސޯސް އެވެ.

އެމްޔޫ ސްޓޯރުން މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކަމްޕާނިއާ ބޮލޮނީސް ސޯސް އަކީ އަލަށް އެތެރެ ކޮށް ވިއްކަމުން ދިޔަ ބްރޭންޑެއްގެ ސޯހެއް ކަމުގައެވެ.

މީގެ އިތުރުން އެ ސޯސް އުފެއްދުމަށް ބޭނުންކުރި މާއްދާތަކުގެ ތެރޭގައި ކޮންމެވެސް ވަރަަަަކަށް ހަލާލު ނޫން މާއްދާތައް އެކުލެވިގެންވާ ކަމުގެ މަޢުލޫމާތު ލިބުމާއި އެކު އެ ސޯސް ވިއްކުން ހުއްޓާލާފައިވާ ކަމުގައި އެމްޔޫ ސްޓޯރުން ބުނެފައި ވެއެވެ.

އެގޮތުން އެ ކުންފުނީގެ ސަމާލުކަމަށް އެކަން އައުމާއެކު މުދާ ހަރުތަކުން އެ ސޯސް ނަގާ، ރީޓެއިލް ކޮށް ސޯސް ގަތް ފަރާތްތަކުގެ އަތުން އެ ނަގައި ބަދަލު ދެމުން އަންނަ ކަމުގައި ބުނެފައި ވެއެވެ. އަދި  މިފަދަ ކަމެއް ދިމާވީތީވެ، އެމްޔޫ ސްޓޯރުން ވަނީ މާފަށް އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް